Ads by
ޚަބަރު
މުޅި ރާއްޖެއަށް މޫސުން ގޯސް، ހއ. އިން ފ. އަށް ރީނދޫ ސަމާލު

މުޅި ރާއްޖެއަށް މިއަދު މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

Ads by Eki Online

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 04:15 އިން ފެށިގެން ރޭގަނޑު 08:15 އާ ހަމައަށެވެ. އެ އޮފީހުން ބުނެފައި ވަނީ ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހަވީރު 04:30 އިން ފެށިގެން ރޭގަނޑު 08:30 އާ ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައެވެ. ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމުގައި މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މާދަމާ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރުމުގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައި އެނބުރި މަޑުން، އުތުރުގެ އަތޮޅުތަކުގައި އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *