Ads by
ޚަބަރު
ރައީސް ޑރ.ވަހީދު ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅައިފި

ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޖެހިދާނެ ކަމަށް ބަލައި، ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ.

Ads by Eki Online

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަހީދު ކުށުގެ ރިކޯޑު ސާފް ކުރަން ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއްވުމަށެވެ.

ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހެޅުއްވިއިރު ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައި އޮންނަ ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓު މިއަދު އިއުލާނު ކުރައްވާފައެވެ. މުއިއްޒުގެ ރަނިންމޭޓަކަށް އައްޔަންކޮށްފައިވަނީ މެންބަރު ހުސެން މުހަންމަދުއެވެ.

މުއިއްޒު ވިދާޅުވީ، އެހެންނަމަވެސް އެ ފުރުސަތު ނިލިބިއްޖެ ހާލަތެއްގައި އޭނާ ހުންނެވީ ރައީސް ޔާމީންގެ އިރުޝާދާއިއެކު ވެރިކަން ކުރައްވާނެ ބެކްއަޕް ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން އިންތިހާބު ކުރެވިފައިކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *