Ads by
ޚަބަރު
ތިރީހާ ރަންތަރި ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފަސްޓްލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
ތިރީހާ ރަންތަރި ޤުރްއާން މުބާރާތުގައި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ފަސްޓްލޭޑީ ވަނީ އިނާމާއި ތަށި ހަވާލުކޮށްދެއްވާފައި - ފޮޓޯ:ރައީސް އޮފީސް

ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

Ads by Eki Online

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާ އަދި މުޅި މުބާރާތު އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފައި ކަމަށެވެ.

މިއީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 1،500 ދަރިވަރުން ވަނީ ވާދަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޢަލީ2 މަސް ކުރިން

ތިޔަ ފެންވަރުގައި ގުރުއާނުގެ ކަންކަން ގެންދަންވާނީ

0
0