Wednesday, 9 September 2026
Ads by

ކަނޑުން ބައެއް ދޫކޮށްލުމަކީ އުމުރަށް ޖަލަށްލާން ޖެހޭ ވަރުގެ ބޮޑު ކުށެއް: ފަލާޙު

ކަނޑުން ބައެއް ދޫކޮށްލުމަކީ އުމުރަށް ޖަލަށްލާން ޖެހޭ ވަރުގެ ބޮޑު ކުށެއް: ފަލާޙު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލުމަކީ، އުމުރަށް ޖަލަށްލާން ޖެހޭ ވަރުގެ ބޮޑު ކުށެއް ކަމަށް ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާޙު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ފަލާޙު ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަޙައްދަކީ ޤާނޫނީ ގޮތުން ދަމާލެވިފައިވާ، ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި އަދި ކަނޑުގެ އަޑީގައިވާ ބިން ހިމެނޭ ސަރަޙައްދު ކަމަށެވެ.

އަދި މިއިން އެއްވެސް އެއްޗެއް ދޫކޮށްލެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ރުހުން ލިބިގެން ކަމަށް ޤާނޫނުއަސާސީގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ކަމަށް ފަލާޙު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ދޫކޮށްލީ އެކަމާ މެދު ވަކި ޚާއްޞަގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހެޅުމެއްނެތި އަދި ރައްޔިތުންގެ ޚިޔާލު އެކަމުގައި ހޯދުމަކާ ނުލައި ކަމަށް ފަލާޙު ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލަން އެއްބަސްވާ ކަމަށް މޮރިޝަސްއަށް ސިޓީއެއް ފޮނުވައި، ކަނޑުގެ ސަރަަޙައްދުން ބައެއް ދޫކޮށްލީ ރިޝްވަތު ހިފައިގެން ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

”މި ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާނުލައި ދިވެހިރާއްޖޭގެ ބޮޑު ސިންގާ ބައެއް ވިއްކާލާފައި ތިބި ބައެއް. އެކޮޅަށް ދިޔައީ ތުނިތުނި ސިޓީ އުރައެއް. މިކޮޅަށް އައީ ގޯނިތަކެއް. ބޮޑެތި ގޯނީގައި އެއްޗެހި ހިފައިގެން އައީ،“ ފަލާޙު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ދޫކޮށްލުމަކީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނަންޖެހޭ ވަރުގެ ބޮޑު ކުށެއްކަން ފާހަގަކުރައްވަމުން ފަލާޙު އިތުރަށް ވިދާޅުވީ، މިފަދަ ޢަމަލުތަކަކީ ޤައުމަށް ގައްދާރުވުން ކަމަށް ދެންނެވިދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި