Saturday, 24 October 2026
Ads by

އޮޕަރޭޝަން ކުރަމުންދާއިރު ނާރުތައްބެލޭ ”އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން“ ގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އޮޕަރޭޝަން ކުރަމުންދާއިރު ނާރުތައްބެލޭ ”އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން“ ގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އައިޖީއެމް ހޮސްޕިޓަލް--- ފޮޓޯ: އެކި އެމްވީ

ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ ”އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން“ ގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަން ފަށައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އަލަށް ތަޢާރަފްކުރެވުނު ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.

އަލަށް ފެށުނު މި ޚިދުމަތާ ގުޅިގެން އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ، ޑރ. ޢަލީ ނިޔާފް ވިދާޅުވީ، އިންޓްރާ އޮޕަރޭޓިވް ނިއުރޯ މޮނިޓަރިންއަކީ ބަލިމީހާގެ ރައްކަލަށްޓަކައި ކޮންމެހެން ހުރުން މުހިންމު ވަސީލަތެއް ކަމަށެވެ.

މި މެޝިން މަސައްކަތްކުރާ ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ. ނިޔާފް ވިދާޅުވީ، އޮޕަރޭޝަން ކުރަމުންދާ ވަގުތުގައި ނާރުތައް މަސައްކަތްކުރާ ގޮތް މެޝިނުން ދައްކާނެ ކަމަށާއި، އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރަކާ ގާތްވެ ނާރަކަށް ގެއްލުން ލިބޭފަދަ ބަދަލެއް އަންނަނަމަ އެ މެޝިނުން އެލާމެއް އަޅާނެ ކަމަށާއި ނުވަަތަ ނާރަކަށް ގެއްލުމެއް ލިބި ތަފާތު ބަދަަލެއް އަންނަ ނަމަ ޕަސެންޓޭޖާއެކު ދައްކާނެ ކަމަށެވެ.

ޑރ. ނިޔާފް އިތުރަށް ވިދާޅުވީ ޢާންމުކޮށް ކުރާ އޮޕަރޭޝަންތައް އޭގެ ތެރޭގައި، ކަނދުރާގެ ޑިސްކް ސަރޖަރީ، މައިބަދައިގެ ޑިސްކް ސަރޖަރީ ނުވަތަ މައިބަދައަށް ގެއްލުން ލިބިގެން އަންނަ އޮޕަރޭޝަންތަކުގެ ތެރޭގައި، އިސްކުރު ޖަހާއިރު އިސްކުރުގެ އިންޓަގްރިޓީ ނުވަތަ އިސްކުރު ޖެހެމުންދާ ތަނާ އެކުގައި އިތުރު ނާރަކަށް ފިތޭ ނަމަވެސް މެޝިނުން އެކަން ފާހަގަކުރާނެ ކަމަށެވެ.

މި ޚިދުމަތާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ، މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފަރުވާގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި