Ads by
ޚަބަރު
ޕީޕީއެމުން މުއިއްޒު އާ ދޭތެރޭ ކަންތައް ކުރަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރާނެ ގޮތަކަށް: ޒައިދު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއިމެދު ކަންތައް ކުރަމުންދަނީ ޢަދުއްވަކާއިމެދުވެސް ކަންތައް ނުކުރައްވާނެހާ ނިކަމެތިކޮށް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޒައިދު މިފަދައިން ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި އިދިކޮޅު ތަމްސީލުކުރާނެ ކެންޑިޑޭޓަކަށް ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓް އަރުވާފައިވާ ދަނޑިވަޅެއްގައެެވެ.

މިކަމާއި ގުޅޭގޮތުން ރަނިންގް މޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ޕީއެންސީ ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު އަކީ ވޯސްޓް ކޭސް ސިނޭރިއޯ ކަމަށް ރޭ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްލޭން އޭ, ބީ, ސީ ކިޔުއްވާނެ ކަމެއް ނެތް ކަމަށެވެ. އަދި ޢާންމުންނަށް ފެންނަނީ ވަރަށް ބޭއަދަބީކޮށް ޑރ. މުޢިއްޒާއި މެދު ކަންތައް ކުރެވޭތަން ކަމަށާއި މިހާރު ފެންނަމުން މިދަނީ ގަންހިންގުވަން ކުރާ މަސައްކަތް ކަމަށެވެ.
” ދަށްކޮށްލުމުގައިވެސް ޙައްދެއް އޮންނަންވާނެ ކަމުގައި ދެކެން. ކީއްވެތޯ ޑރ.މުޢިއްޒާމެދު މިހާ ރަޙުމެއްނެތީ” ޒައިދު ވިދާޅުވިއެވެ.
ޕީޕީއެމްއިން ޕްލޭން ބީއެއް ގެންގުޅުނު ނަމަވެސް މުއިއްޒު ވަނީ އިލެކްޝަނަށް ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމަށް ރަނިން މޭޓަކަށް ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައެވެ.
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *