Sunday, 26 July 2026
Ads by

ޔަހޫދީންނާއި ދެކޮޅަށް ޙިޒްބުﷲ އިން ވަރުގަދަ ޙަމަލާތަކެއް ދީފި

ޔަހޫދީންނާއި ދެކޮޅަށް ޙިޒްބުﷲ އިން ވަރުގަދަ ޙަމަލާތަކެއް ދީފި

ސޫރިޔާއާ ގުޅޭ ސަރަޙައްދު ރޮނގު ހުރަސްކޮށް، ލުބްނާނަށް އެއްގަމުން ވަދެގަންނަން މަސައްކަތް ކުރި ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކާ، ލުބްނާންގައި ޙަރަކާތްތެރިވާ ޙިޒްބުﷲގެ މުޖާހިދުން ކުރިމަތިލާން ފަށައިފިއެވެ.

Ad Image
Ads by

ލުބްނާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ، ސޫރިޔާ އާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ލުބްނާންގެ އިރުމަތީގެ ފަރުބަދަ މަތީ ސަރަޙައްދުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދާ ކަމަށެވެ.

ލުބްނާނުގެ ދެކުނަށް ޔަހޫދީ ފައުޖުން ވަންނަމުންދިޔަ ނަމަވެސް، މިއީ ފަހުގެ ތާރީޚެއްގައި ލުބްނާނުގެ އިރުމަތިން ޔަހޫދީން ވަދެގަންނަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ލުބްނާނުގެ ސިއްޙީ ވުޒާރާއިން ބުނި ގޮތުގައި، އެއްގަމުން ވަދެގަންނަން މަސައްކަތް ކުރުމުގެ ކުރިން، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ އެ ސަރަޙައްދަށް ވަރުގަދަ ވައިގެ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 16 މީހުން ޝަހީދުވެ، 35 މީހުން ޒަޚަމްވެފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޙިޒްބުﷲއިން ޔަހޫދީނަށް ޙަމަލާދޭން ފެށީ، ފެބްރުއަރީ 28ގައި އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ޙަމަލާދީ، އެ ޤައުމުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.

ޙިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ، ޔަހޫދީން ދަނީ ލުބްނާންގެ ވެރިރަށް ބެއިރޫތާއި ވަށައިގެންވާ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް ޖުމްލަ 217 މީހުން ޝަހީދުވެ، 798 މީހުން ވަނީ ޒަޚަމްވެފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު ވެސް 100،000އާ ވަނީ ގާތްވެފައެވެ.

ޔަހޫދީންގެ ޢުދުވާނުތަކުގެ ރައްދުގައި، ޙިޒްބުﷲއިން ވަނީ ޔަހޫދީ ދައުލަތުގެ އުތުރުގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފައެވެ. ޔަހޫދީންގެ ނިރުބަވެރި ފައުޖަށް ވަނީ ލުބްނާންގެ އިތުރު ސަރަޙައްދުތައް ފޭރިގަތުމަށް އަންގައިފައެވެ. ޔަހޫދީންގެ ޢަމަލުތައް ދުނިޔޭގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމިއްޔާތަކުން ވަނީ ކުށްވެރިކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި