Sunday, 26 July 2026
Ads by

އައްޑޫ ސިޓީ އެމްޑީޕީގެ ވަރުގަދަ ޓީމެއް ޕީއެންސީއަށް!

އައްޑޫ ސިޓީ އެމްޑީޕީގެ ވަރުގަދަ ޓީމެއް ޕީއެންސީއަށް!

އެމްޑީޕީގެ ކުރީގެ އިސްފަރާތެއް ޕީއެންސީއާ ގުޅިވަޑައިގަތުން---

އައްޑޫ ސިޓީއަށް ނިސްބަތްވާ އެމްޑީޕީގެ ވަރުގަދަ ޓީމެއް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފިއެވެ.

Ad Image
Ads by

މި ބޭފުޅުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފައިވަނީ، އެ ޕާޓީން ރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ”ދަ ގްރޭޓަރ އައްޑޫ“ ގެ ނަމުގައި މިރޭ ކުރިއަށްގެންދިޔަ ޖަލްސާގައެވެ. މި ބޭފުޅުންނަކީ އިދިކޮޅު އެމްޑީޕީގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅުންތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މި ޖަލްސާގައި ކޮންގްރެސް ޕާޓީއާ އަލަށް ގުޅިވަޑައިގަތް ބޭފުޅުންނަކީ:

  • އައްޑޫ ސިޓީގެ އެމްޑީޕީގެ ކުރީގެ ރައީސް އަޙްމަދު އަދްހަމް
  • އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ރައީސް އަބްދުالله ސަޢީދު
  • އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު
  • އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަދި އެލްޖީއޭގެ ކުރީގެ މެންބަރު އަޙްމަދު މިރުޒާލް
  • އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ސްރީލަންކާގައި މީގެ ކުރިން ހަރަކާތްތެރިވި ފާތިމަތު ޝިޔާމާ
  • އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި ތިންވަނަ ދައުރެއް ފުރިހަމަ ކުރަމުންދާ ޙައްވާ ޒާހިރާ

މި ބޭފުޅުން ކޮންގްރެސް ޕާޓީއާ ގުޅިވަޑާއިގަތުމާ ގުޅިގެން އެ ޕާޓީން ވަނީ ވަރަށް ހޫނު މަރުޙަބާ އެެއް ކިޔައިފައެވެ. އެ މެންބަރުން ވަނީ ޕާޓީއާ ގުޅޭ އިޤްރާރާއި މެންބަރޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލު ކުރައްވައިފައެވެ.

މި ޖަލްސާގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ގޮނޑިތަކަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ވަނީ ތަޢާރަފުކޮށްފައެވެ. އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި