Ads by
ޚަބަރު
ރަނިންމޭޓަކަށް ޚިޔާރުކުރާނީ ތެދުވެރި, ފަސްބައި ސާފު, ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތްތެރިއެއް: ފާރިޝް 

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިޝް މައުމޫންގެ ރަނިންމޭޓަކަށް ޚިޔާރުކުރާނީ ތެދުވެރި, ފަސްބައި ސާފު, ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތްތެރިއެއް ކަމަށް ފާރިޝް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރައްވަން ހުށަހަޅަން ޖެހޭ 1,500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ގާނޫނުން ލާޒިމްކުރާ މެންބަރުންގެ އަދަދު ހަމަނުވުމުން އެމްއާރްއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެކަން ބަލައިނުގަނެ, އެމްއާރުއެމްއިން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މިކަމާއި ގުޅިގެން ފާރިޝް ވަނީ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމާފައެވެ.

ރަނިންމޭޓޭއް ނެގުމާއި ގޫޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ފާރިޝް ވިދާޅުވީ އެކަމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެެ. އަދި ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ދުރުގައި ތިބި ބޭފުޅުންވެސް ފާޅުކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވިގެން ދާނެ ކަމަށެެވެ.

“މިހާރު ވަގުތު ކުޑަތަން ވަމުން މިދަނީ. ކުރިޔަށް އޮތް 48 ގަޑިއިރު ނޫނީ 3,4 ދުވަސް ތެރޭގަ އަޅުގަނޑުމެން ގޮތެއް ނިންމާނަން. ރަނިންމޭޓޭއްގެ ގޮތުގައި އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ ތެރޭގަ މަގްބޫލް, ތެދުވެރި ބޭފުޅެއް”

މީގެ އިތުރުން ފަސްބައި ކިލަނބުވެ, ރައްޔިތުން މެދުގަ އިތުބާރު ގެއްލިފަ ހުރި ބޭފުޅެއް ރަނިންމޭޓަކަށް ގެންނަަން ބޭނުން ނުވާ ކަމަށާއި ރަނިންމޭޓަކަށް ނަގާނީ ރާއްޖެއަށް ހިދުމަތް ކުރައްވަން ބޭނުންވާ ބޭފުޅެއް ކަމަށް ފާރިޝް ވިދާޅުވިއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *