Ads by
ޚަބަރު
ސަރުކާރުގެ މަތީފަންތީގެ ވަފުދަކާ އެކު ރައީސް ހައްދުންމައްޗަށް
ސަރުކާރުގެ މަތީފަންތީގެ ވަފުދަކާ އެކު ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ފުރާވަޑައިގަތުން - ފޮޓޯ:ރައީސް އޮފީސް

ސަރުކާރުގެ މަތީފަންތީގެ ވަފުދަކާ އެކު ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ހައްދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަށްފަހު، މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *