Thursday, 8 October 2026
Ads by

ފުލުހުންގެ ”ވޯކް އެންޑް ޓޯކް“ ހަރަކާތް މުޅި ރާއްޖޭގައި ފަށައިފި

ފުލުހުންގެ ”ވޯކް އެންޑް ޓޯކް“ ހަރަކާތް މުޅި ރާއްޖޭގައި ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ”ވޯކް އެންޑް ޓޯކް“ ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

Ad Image
Ads by

މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު، ހަވީރު 4:30 އިން 5:45 އަށް، މާލެ, ވިލިމާލެ، އަދި ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައެވެ.  މި ހަރަކާތުގެ ތެރެއިން މިއަދުވެސް އެކި ސަރަޙަދުތަކުން ގިނަ ރައްޔިތުންނާއި ބައްދަލުކޮށް، ޚިޔާލާއި މަޝްވަރާ ފުލުހުން ވަނީ ހޯއްދަވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމު ރައްޔިތުންނާ ގާތަށް ވަޑައިގެން ކުރިއަށްގެންދާ ”ވޯކް އެންޑް ޓޯކް“ ޙަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އާންމުންގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަތުމަށް ބާއްވާ ހަރަކާތެއްކަމަށް ފުލުހުން ބުނެއެވެ.

މި ހަރަކާތާއިބެހޭގޮތުން ފުލުހުންގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވީ މި ޕްރޮގްރާމަކީ ރައްޔިތުންނާއި ކައިރިން ފުލުހުންނާއި ރައްޔިތުން ހިމެނޭހެން ރަނގަޅުކުރަން ހުރިކަންކަން އިތުރަށް ދެނެގަނެ، ކަންކަން އޮޅުންފިލުވާ، އެކަންކަމާ މަޝްވަރާކުރުމަށްޓަކާ، ޚާޢްޞަކޮށް ފުލުހުންގެ ސީނިއާ ހުރިހާ ފުލުހުންވެސް ހިމެނޭ ގޮތަށް ގެންދެވޭ އިވެންޓެއް ކަމަށެވެ. އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އާންމުންގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަތުމަކީވެސް މި ހަރަކާތުގެ އެއް މަޤުސަދު ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތުގައިވެސް ގިނަ އަދަދެއްގެ ފުލުހުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ފުލުހުންގެ އެކި ޑިޕާޓްމަންޓް ތަކުގެ އެކި ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އާންމުންގެ ފަރާތުން މި ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާއިރު، މިއަދު މިވަނީ މި ޙަރަކާތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައެވެ.

”މި ހަރަކާތުގެ ތެރެއިން އަޅުގަނޑުމެން ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ އިތުރަށް އެ ސަރަޙައްދެއްގައި، އެ ރަށެއްގައި ނުވަތަ ފުލުހުން އެ ޚިދުމަތްކުރާ ރަށެއްގައި، އަތޮޅެއްގައި އަޅުގަނޑުމެން ރަނގަޅުކުރަން ހުރި ކަންކަން ވަކިން ޚާއްސަކޮށް އަހައި، އަދި އަޅުގަނޑުމެންވެސް ރިކޯޑްކުރާނެ ވަކި މެކޭނިޒަމެއް ބޭނުންކޮށްގެން އެކަންކަން އަޅުގަނޑުމެން ހޯދުމަށްފަހު، ދުރު މުސްތަޤުބަލުގައިވެސް ހައްލުކުރަން ހުރި ކަންކަމާގުޅޭގޮތުން އަޅުގަނޑުމެން މަސައްކަތްކުރާނަން.“ ޝިފާން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިފުލުހުންގެ ޚިދުމަތުން ދަނީ މުޅިރާއްޖޭގައިވެސް މިފަދަ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާ ރަައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ