Wednesday, 9 September 2026
Ads by

ޓިކްޓޮކް ޝެހޭގެ ސްކޭމް ފަޅާއެރުމުން، ޕްރޭންކެއް ކަމަށް ބުނެ އޮޅުވާލައިފި

ޓިކްޓޮކް ޝެހޭގެ ސްކޭމް ފަޅާއެރުމުން، ޕްރޭންކެއް ކަމަށް ބުނެ އޮޅުވާލައިފި

ޓިކްޓޮކް ޝެހެނާޒް--- ފޮޓޯ: ޝެހެނާޒް މޫސާ (ފޭސްބުކް)

ޓިކްޓޮކްގައި މަޝްހޫރު ޝެހެނާޒް މޫސާ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ އަމާން ދޯދީގެ ފުލެޓެއް ކުއްޔަށް ދިނުމަށް އިޝްތިހާރެއް ޖެހި މައްސަލަ ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އެއީ ޕްރޭންކެއް ކަމަށް ބުނެ އޮޅުވާލައިފިއެވެ.

Ad Image
Ads by

އަމާން ދޯދީގެ ފުލެޓެއް ކުއްޔަށް ދިނުމަށް ޝެހެނާޒް އެ ޕޯސްޓްކޮށްފައިވަނީ މަހަކު 23،000 ރުފިޔާއަށެވެ. މިވަރުގެ ކުއްޔަކަށް އެ ފުލެޓު ދޫކުރާ ކަމަށް އިޝްތިހާރެއް ޖަހާފައިވާއިރު އެ ތަނުގައި ފަރުނީޗަރެއް ނެތް ކަމަށް ލިޔެފައިވެއެވެ. ނަމަވެސް ބަދިގޭގެ ފަރުނީޗަރު ހަދާފައިވާ ފްލެޓެއް ކަމަށް ޝެހެނާޒްގެ ޕޯސްޓްގައިވެއެވެ.

އަމާން ދޯދީގެ ފުލެޓެއް ކުއްޔަށް ދޫކުރާ ކަމަށް ބުނެ ޖެހި މި އިޝްތިހާރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝެހެނާޒަށް އަމާޒުވެފައެވެ. އެގޮތުން އެ ޕޯސްޓަކީ ޕްރޭންކެއް ކަމަށް ބުނެ ޝެހެނާޒު ކޮށްފައިވާ ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން މީހަކު ކޮށްފައިވާ ކޮމެންޓަކަށް ބަލައިލާއިރު:

”މީހުންނަށް ޙައްޤު ހޯދައިދޭން ވަކާލާތުކުރާ ފަނޑިޔާރު މި ޖައްސަނީ ޕްރޭންކް، ކިހިނެއް ދެން އަހަރެމެންނަށް ޙައްޤު ލިބޭނީ،“ – އޭނާގެ ޕޯސްޓަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި މީހަކު ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ފުލެޓް ކުއްޔަށް ދޫކުރުމަށް ޖަހާފައިވާ އިޝްތިހާރުގައިވާ ފޯނު ނަންބަރަކީ މަރިޔަމް ރުހުޝާ ނުވަތަ ޓިކްޓޮކްގައި މަޝްހޫރު ނަމުންނަމަ ”ރޭޑިއޯ“ ގެ ފޯނު ނަންބަރެވެ. މިކަމާ ގުޅޭގޮތުން ރޭޑިއޯއާއި އިތުރު ފަރާތެއްގެ ކޯލް ރެކޯޑިންގ އެއްވެސް ޓިކްޓޮކްގައި މިހާރު ވަނީ ލީކުވެފައެވެ. އެ ރެކޯޑިންގ އިން އެނގޭ ގޮތުގައި އަމާން ދޯދީގެ 11 ވަނަ ޓަވަރުގެ ފުލެޓެއް ކުއްޔަށްދޫކުރާ ކަމަށްބުނެ އެ ފުލެޓުގެ މަޢުލޫމާތުތައް ދެވަނަ ފަރާތަށް ޙިއްޞާކުރީ ރޭޑިއޯ ކަމަށް މިހާރު ވަނީ ޔަޤީންވެފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ސަމާލުކަމަށް މިކަން އައުމާއެކު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެކަން މިއަދު އޭނާގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ބެލުމަށް އޭނާގެ ޓީމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެފްޑީސީގެ ފުލެޓްތަކަކީ އާމްދަނީ ހޯދުމަށް ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ތަންތަން ނޫން ކަމަށާއި، އެގޮތަށް ކުއްޔަށް ދިނުމުން އެފްޑީސީއާއި އެތަން ލިބިފައިވާ ފަރާތާއި ދެމެދު ހެދިފައިވާ އެއްބަސްވުމާ އެ ފަރާތުން އެ ޚިލާފުވީ ކަމަށް ހަމްދާން ވިދާޅުވިއެވެ.

”އެގޮތަށް ކުއްޔަށް ދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެތަން ކުއްޔަށް ދޫކުރާ ފަރާތް ނުވަތަ އެތަނުގެ ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުން ވަގުތުން ބާތިލުކުރާނެ“ – ހަމްދާން ވިދާޅުވިއެވެ.

މީގެ އިތުރުން ހަމްދާން ވިދާޅުވީ، އެފަދަ ފްލެޓްތައް އެގޮތަށް ކުއްޔަށް ދިނުމަކީ ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫޢުތަކުގެ މަޤްޞަދު ނިގުޅައިގަނެވޭ ކަމަށެވެ. އަދި އެތަންތަން ކުއްޔަށް ދޫކޮށް އާމްދަނީ ލިބޭ ތަންތަނަށް އެތަންތަން ބަދަލު ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޙައްޤު ނިގުޅައިގަތުން ކަމަށްވެސް ހަމްދާން އިތުރަށް ވިދާޅުވިއެވެ.

މިއާއިއެކު ޝެހެނާޒުގެ ރުޅިގަނޑު ފަޅައިގެންގޮސް، ސޯޝަލްމީޑިއާގައި އޭނާ ކުރަން އުޅުނު ކުލީ ވިޔަފާރި ދިފާއުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ. އެހެން ނަމަވެސް އާންމުން ދަނީ ޝެހެނާޒްއަށް ވަރުގަދަ ރައްދުތަކެއްދެމުންނެވެ. އަދި ރައްޔިތުންގެ ހައްގު ހޯދަން ވަކާލާތު ނުކުރަންވެސް ގިނަބަޔަކު އޭނާގެ ކިބައިން އެދިފައިވެއެވެ.

އަމާން ދޯދި ފުލެޓްތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިންޑިއާގެ އެންބީސީސީއާ ޙަވާލުކޮށްގެން ޢިމާރާތްކޮށްފައިވާ ފުލެޓްތަކެކެވެ. 23،000 ރުފިޔާއަށް ތިން ކޮޓަރީގެ ފުލެޓެއް ކުއްޔަށް ދޫކުރަށް އިޝްތިހާރު ޖަހާފައިވާއިރު، އެތަނުގެ އަސްލު އަގަކީ މަހަކު 10،500 ރުފިޔާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި