Ads by
ޚަބަރު
މުއިއްޒުގެ ރަނިންމޭޓަކަށް ސެމްބެ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަނުކުރެވޭ ހާލަތުގައި، އެ ކޯލިޝަންގައި އޮތް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

Ads by Eki Online

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ، ކެންޑިޑެސީއަށް ފޯމް ހުށަހެޅުމުގެ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ރަނިންމޭޓަކު ޚިޔާރުކުރައްވާފައިވާ ކަމަށެވެ. އަދި ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސެމްބެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް،” މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓް މުއިއްޒު ކާމިޔާބު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާ ވާދަކުރައްވައިގެންނެވެ. އެ ދެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އާދަމް ޝަރީފަށް ލިިބިވަޑައިގަތީ 23 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *