Sunday, 26 July 2026
Ads by

ދަފްތަރުގައި ހިމެނޭ 80 އަށްވުރެ ގިނަ މަސްވެރިއަކަށް ބީއެމްއެލްގެ ލޯނު

ދަފްތަރުގައި ހިމެނޭ 80 އަށްވުރެ ގިނަ މަސްވެރިއަކަށް ބީއެމްއެލްގެ ލޯނު

މަސްވެރިންތަކެއް މަސްބާނަނީ---

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 80 އަށްވުރެ ގިނަ މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

ފިޝަރީޒް މިނިސްޓްރީއާ ޙަވާލާދީ ދަޢުލަތުގެ މީޑިއާއިން ބުނެފައިވަނީ، މި ލޯނަކީ މިދިޔަ 2025 ވަނަ އަހަރުގެ މެއި މަހުގެ ފުރުތަމަ ދުވަހުން ފެށިގެން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ދޫކޮށްފައިވާ ލޯނުގެ އަދަދެއް ކަމަށެވެ. ބީއެމްއެލްގެ މި ލޯނު ޖުމްލަ 89 މަސްވެރިއަކަށް ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ލޯނަކީ ބީއެމްއެލްގެ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ލޯނެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ގެދޮރު ގަތުމަށާއި، ގެދޮރު ޢިމާރާތް ކުރުމަށާއި، މަތީ ތަޢުލީމް ޙާސިލް ކުރުމަށާއި، އުޅަނދު ބަނދެ، މަރާމާތު ކުރުމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށާއި، ލުއި ފައިނޭންސިންއަށް އެދެވޭނެއެވެ. މި އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނެގޭނެއެވެ. މީގެ އިތުރުން ލިބޭ އާމްދަނީއަށް ރިޢާޔަތްކޮށް، އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބީއެމްއެލްއިން ހަމަޖައްސައިދީފައިވެއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ބީއެމްއެލްއާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ، އޭގެ ތިން ދުވަސް ފަހުން، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން އަންނަނީ މަސްވެރިންނަށް އެތަކެއް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި