Sunday, 27 September 2026
Ads by

އެކި ސުފުރާ: ތަންދޫރީ ޕިއްޒާ

އެކި ސުފުރާ: ތަންދޫރީ ޕިއްޒާ

ބޭނުންވާތަކެތި

Ad Image
Ads by

ތައްޔާރުކުރަން ނަގާ ވަގުތު :30 މިނެޓް

ކުކުޅު މެރިނޭޓް ކުރުމަށް

200 ގްރާމް ބޯންލެސް ކުކުޅު (½ އިންޗި ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ތަންދޫރީ މަސާލާ

1 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް

2 ސައިސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް

1 ސައިސަމުސާ ބޮޑު ލުނބޯ ހުތް

1 ސައިސަމުސާ އޮލިވް އޮއިލް

1 ސައިސަމުސާ ތެޅި މިރުސް

½ ސައިސަމުސާ މުގުރި ކޮތަނބިރި

½ ސައިސަމުސާ މުގުރި ދިރި

1 ސައިސަމުސާ ލޮނު

ކުޑަ ރަތް ކާ ކުލަ ކޮޅެއް

ތަންދޫރީ ޕިއްޒާ އަށް

1 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

¼ ސައިސަމުސާ ހިކި އޮރެގާނޯ

1 ފިޔާ ( ބޮޑުކޮށް އަރިމަތިން ކޮށާފައި)

1 ޓޮމާޓޯ (ކިޔުބްކޮށް ކޮށާފައި)

މޮޒެރެއްލާ ޗީޒް (ގާނާފައި)

ކުޑަ އޮލިވް އޮއިލް ކޮޅެއް

ހަދާނެ ގޮތް

ބޯންލެސް ކުކުޅު (½ އިންޗި ކުދިކޮށް ކޮށާފައި)، ތަންދޫރީ މަސާލާ، ޕްލެއިން ޔޯގަޓް، ޖިންޖަރ ގާލިކް ޕޭސްޓް،  ލުނބޯ ހުތް، އޮލިވް އޮއިލް، ތެޅި މިރުސް، މުގުރި ކޮތަނބިރި، މުގުރި ދިރި، ލޮނު އަދި ރަތް ކާ ކުލަ ކޮޅު ބޯތަށްޓަކަށް އަޅާލާށެވެ.

އެ ބޯތަށި ތެރެޔަށް ކޮށާފައިހުރި ކުކުޅުކޮޅު އަޅާލާފައި، ސަމުސަލަކުން ހުރިހާ ކުކުޅު ކޮޅެއްގައި ސޯސް ހޭކެންދެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތަށީގެ މަތި ބަންދުކޮށްލާފައި އައިސްއަލަމާރީގައި އެއްރޭ ވަންދެން މެރިނޭޓުކުރަން ބަހައްޓާށެވެ.

އަވަން 200 ޑިގްރީ ސެލްސިއަސްގައި 5 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ތަބަކެއްގައި ބޭކިންގް ޕޭޕަރއެއް ނުވަތަ ފޮއިލް ކޮޅެއް އަޅާފައި ތައްޔާރުކުރި ތަންދޫރީ ކުކުޅުކޮޅު ފަތުރާލާށެވެ. އަވަނަށް ލާފައި ކުލަ ކުޑަކޮށް ގަދަ ވަންދެން ފިހެލާށެވެ.

މިވަގުތު ތަންދޫރީ ޕިއްޒާ ސޯސް ތައްޔާރުކޮށްލާށެވެ. ކުޑަ ބޯތަށްޓަކަށް،  ޕިއްޒާ ސޯސް، ޗިލީ ސޯސް، ތަންދޫރީ މަސާލާ އަދި  އޮރެގާނޯކޮޅު އަޅާފައި އެއްކޮށްލާށެވެ.

ކުކުޅުކޮޅު ފިހެވުނީމައި ޕިއްޒާއަށް އަޅަން ބޭނުންވާ ސައިޒަށް ކޮށާލާށެވެ. ތެއްޔަކަށް އޮލިވް އޮއިލްކޮޅު އަޅާލާށެވެ. ފިޔާ ކޮޅު އަޅާ މޯޅިވަންދެން ހާކާލާށެވެ. ޓޯމާޓޯކޮޅު އެއްކޮށްލާފަ މެދު ގިނީގައި ބަހައްޓައިން ދޭފަތުން ހާކާލާށެވެ. ރަނގަޅަށް މޯޅިވެލީމަ ތަންދޫރީ ކުކުޅުކޮޅު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު އުންދުންމަތިން ބާލާށެވެ.

ޕިއްޒާފުށްގަނޑު މަތީގައި ތައްޔާރުކުރި ސޯސްކޮޅު އުނގުޅާލާފައި، މައްޗަށް މޮޒެރެއްލާ ޗީޒްކޮޅެއް ބުރުވާލާށެވެ. ތައްޔާރުކުރި މަސްކޮޅު ޕިއްޒާ ފުށްގަނޑުގެ މައްޗަށް އަޅާލާށެވެ. އަދި ޕިއްޒާ މަސްގަނޑު ފޮރުވޭވަރަށް މޮޒެރެއްލާ ޗީޒް އަޅާލާށެވެ. (ޓޮޕިންގ އަށް އޮލިވް ނުވަތަ ފިޔާވެސް ބޭނުން ކުރެވިދާނެއެވެ.)

އަވަން 200 ޑިގްރީ ސެލްސިއަސްއަށް ޖައްސާފައި 5 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. އަވަނުގެ މެދަށް ޕިއްޒާ ލާފައި 15-10 މިނެޓު ވަންދެން ނުވަތަ ޗީޒް ދިޔާވެ ފުށްގަނޑަށް ރަން މުށި ކުލައެއް އަރަންދެން ފިހެލާށެވެ.

ޕިއްޒާ ރީތިކޮށް ފިހެވުނީމައި އަވަނުން ނަގާފައި 10 މިނެޓު ވަންދެން ހިހޫ ކުރަން ބައިންދާލާފައި، ޕިއްޒާ ކަޓަރ އަކުން ކަފާލާށެވެ.

.މި ރެސިޕީގައި ބޭނުންކޮށްފައި ނުވި ނަމަވެސް، ޕިއްޒާގެ ޓޮޕިންއަށް ފިޔާ، އޮލިވްސް، އަދި ކޮރިއެންޑަރ ފަތްވެސް އެޅިދާނެއެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި