Sunday, 26 July 2026
Ads by

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފި

ކަސްޓަމްސްގެ މައި އިދާރާ--- ފޮޓޯ: އެކި އެމްވީ

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން އެކްސްގައި ޙިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ތަކެތި އަތުލައިގަނެފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ބޭލި މުދަލުގެ ތެރެއިން ކަމަށެވެ. އެގޮތުން މި ޝިޕްމަންޓުގައި ޖުމްލަ 99،000 ސިނގިރޭޓް ސްޓިކްސް ހުރި ކަމަށް ކަސްޓަމްސްއިން ވަނީ މަޢުލޫމާތު ދީފައެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، މި ތަކެއްޗަކީ ޤަވާއިދާ ޚިލާފަށް ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިވާ ކަމަކަށް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.

ޤާނޫނާ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވަމުންދާ ތަކެތި އަދި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހިފެހެއްޓުމަށް ކަސްޓަމްސްއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ފާއިތުވި ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައި ވަނީ ހަތް ހާސް ވޭޕް ސްޓިކާއި، ދެ މިލިއަނެއްހައި ސިނގިރޭޓް އަތުލައިގަނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި