Sunday, 26 July 2026
Ads by

އައު މިސްކިތް ބިނާކުރާނީ ރައްޔިތުންގެ މަޝްވަރާ ހޯދައިގެން: މިނިސްޓަރު

އައު މިސްކިތް ބިނާކުރާނީ ރައްޔިތުންގެ މަޝްވަރާ ހޯދައިގެން: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލޭ ބާޒާރުމަތީ ސަރަޙައްދުގައި ވޯރާ ވިޔަފާރިވެރިން ބިނާކުރި ބުންބާ މިސްކިތް ނުވަތަ މިހާރުގެ ނަމުންނަމަ، މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) ހުރި ސަރަޙައްދުގައި އައު މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބަންޑާރަ މިސްކިތް ހުރި ސަރަޙައްދުގައި ޒަމާނީ ފެންވަރަކަށް ޖާގަ ތަނަވަސް އައު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަމަށް މީގެ ކުރިން މިނިސްޓަރު ހާމަކުރެއްވުމާ ގުޅިގެން އެ މިސްކިތް ތަޅައިނުލުމަށް ސޯޝަލް މީޑިއާގައި ގިނަބަޔަކު ވަނީ ގޮވާލައިފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ، ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް ނޫން ކަމަށެވެ. ބަންޑާރަ މިސްކިތް ހުރި ސަރަޙައްދުގައި، ޒަމާނީ ފެންވަރަކަށް ޖާގަ ތަނަވަސް އައު މިސްކިތެއް ބިނާކުރައްވަން ޤަސްދުކުރެއްވީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަންޑާރަ މިސްކިތް ހުރި ސަރަޙައްދުގައި އައު މިސްކިތެއް ބިނާކުރުމާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި، އިސްލާމިކް މިނިސްޓްރީން މިފަދަ ނިންމުންތައް ނިންމާނީ ރައްޔިތުންގެ އަޑުއަހައި އެއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓަރު ޝަހީމް ވަނީ އިތުރަށް ވިދާޅުވެފައެވެ.

ބަންޑާރަ މިސްކިތް ނުވަތަ ކުރީގެ ނަމުންނަމަ ބުމްބާ މިސްކިތަކީ، ރާއްޖެއަށް ޒިޔާރަތްކުރި ޝިޔައީ މަޒްހަބަށް ނިސްބަތްވާ ވޯރާ ވިޔަފާރިވެރިން މީގެ 98 އަހަރު ކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަށް އެކި ސަރުކާރުތަކުން ޒަމާނާ އެއްގޮތަށް ބަދަލުތައްވެސް ގެނެސްފައިވެއެވެ. އެހެންނަމަވެސް މިސަރުކާރުން މިސްކިތުގެ ޖާގަ ބޮޑުކުރަން ނިންމުމާއެކު އިދިކޮޅު އެމްޑީޕީން ވަނީ މިކަމާ ދެކޮޅަށް ނުކުމެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި