Sunday, 25 October 2026
Ads by

ޓިކްޓޮކް ޝެހޭ އާއި ރޭޑިއޯ އަމާންދޯދި ފްލެޓެއް ބޮޑު އަގުގައި ކުއްޔަށްދޭން އުޅުނު މައްސަލައެއް!

ޓިކްޓޮކް ޝެހޭ އާއި ރޭޑިއޯ އަމާންދޯދި ފްލެޓެއް ބޮޑު އަގުގައި ކުއްޔަށްދޭން އުޅުނު މައްސަލައެއް!

ޓިކްޓޮކްގައި މަޝްހޫރު ޝެހެނާޒް މޫސާ، ހުޅުމާލޭގައި ހުންނަ އަމާން ދޯދި ފްލެޓެއް ކުއްޔަށް ދިނުމަށް އިޝްތިހާރެއް ޖެހި މައްސަލަ ފެންމަތިވެއްޖެއެވެ.

Ad Image
Ads by

އަމާންދޯދި ފްލެޓެއް ކުއްޔަށް ދިނުމަށް ޝެހެނާޒް އެ ޕޯސްޓްކޮށްފައިވަނީ މަހަކު 23،000 ރުފިޔާއަށެވެ. އެހެންނަމަވެސް މިވަރުގެ ކުއްޔަކަށް ޖަހާފައިވާއިރު ތަނުގައި ފަރުނީޗަރެއް ނެތް ކަމަށް ލިޔެފައިވެއެވެ. ނަމަވެސް ބަދިގޭގެ ފަރުނީޗަރު ހަދާފައިވާ ފްލެޓެއް ކަމަށް ޝެހެނާޒްގެ ޕޯސްޓްގައިވެއެވެ.

އެ ޕޯސްޓުގައި ގުޅުމަށް ދީފައިވާ ނަންބަރާއި ހަވާލާދީ މީސްމީޑިއާގައި މީހަކު ބުނެފައިވަނީ އެއީ އަމާން ދޯދި ފްލެޓެއް ކަމަށެވެ. އަދި އޭނާ ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލްގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

މި މައްސަލަ ސަމާލުކަމަށް ގެނައިފަރާތުގެ ޕޯސްޓަށް ޖަވާބު ދެއްވަމުން ހަމްދާން ވިދާޅުވީ، އެކަން މިއަދު އޭނާގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ބެލުމަށް އޭނާގެ ޓީމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެފްޑީސީގެ ފްލެޓްތަކަކީ އާމްދަނީ ހޯދުމަށް ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ތަންތަން ނޫން ކަމަށާއި އެގޮތަށް ކުއްޔަށް ދިނުމުން އެފްޑީސީއާއި އެތަން ލިބިފައިވާ ފަރާތާއި ދެމެދު ހެދިފައިވާ އެއްބަސްވުމާއި އެފަރާތުން އެ ޚިލާފުވީ ކަމަށް ހަމްދާން ބުންޏެވެ.

”އެގޮތަށް ކުއްޔަށް ދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެތަން ކުއްޔަށް ދޫކުރާ ފަރާތް ނުވަތަ އެތަނުގެ ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުން ވަގުތުން ބާތިލުކުރާނެ“ ހަމްދާން ވިދާޅުވިއެވެ.

މީގެ އިތުރުން ހަމްދާން ވިދާޅުވީ، އެފަދަ ފްލެޓްތައް އެގޮތަށް ކުއްޔަށް ދިނުމަކީ ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއުތަކުގެ މަގުސަދު ނިގުޅައިގަނެވޭ ކަމަށެވެ. އަދި އެތަންތަން ކުއްޔަށް ދޫކޮށް އާމްދަނީ ލިބޭ ތަންތަނަށް އެތަންތަން ބަދަލު ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ހައްގު ނިގުޅައިގަތުން ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

އަމާންދޯދި ފްލެޓްތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިންޑިއާގެ އެންބީސީސީއާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ފްލެޓްތަކެކެވެ. 23،000 ރުފިޔާއަށް 3 ކޮޓަރީގެ ފްލެޓެއް ކުއްޔަށް ދޭން ޖަހާފައިވާއިރު، އެތަނުގެ އަސްލު އަގަކީ މަހަކު 10،500 ރުފިޔާއެވެ.

އެތަން ކުއްޔަށް ދޭން ޝެހެނާޒް ޖަހާފައިވާ ޕޯސްޓުގައިވާ ނަންބަރަކީ މަރިޔަމް ރުހުޝާ ބޭނުން ކުރަމުން އަންނަ ނަންބަރެކެވެ. މަރިޔަމް ރުހުޝާއަކީ ޓިކްޓޮކްގައި ޝެހެނާޒްގެ ގާތްއެކުވެރިއެކެވެ. ޓިކްޓޮކް ނަމުން ނަމަ އެއީ ”ރޭޑިއޯ“ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި