Ads by
ޚަބަރު
‘ދިރާގު އީދު ބޯކިބާ’ ހަރަކާތް މި އީދުގައި ވެސް އޮންނާނެ!
އީދު ނަމާދަށްފަހު އާންމުންނަށް ހާއްސަކޮށްގެން ބާއްވާ 'ދިރާގު އީދު ބޯކިބާ' ހަރަކާތް މި އަހަރު ވެސް ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:ދިރާގު

މި އަހަރުގެ ފިތުރު އީދުގައި ވެސް އެ ކުންފުނީގެ ‘ދިރާގު އީދު ބޯކިބާ’ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

Ads by Eki Online

މިއީ މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް ފަށައި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމުގައިވާ އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މިއީ މި ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ.

ދިރާގުން ބުނީ މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް އީދު ނަމާދަށްފަހު އާންމުންނަށް ހާއްސަކޮށްގެން ބާއްވާ ‘ދިރާގު އީދު ބޯކިބާ’ ނާސްތާ ބޭއްވުމަށް އެ ކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.

‘ދިރާގު އީދު ބޯކިބާ’ ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު މާދަމާ ހެނދުނު 7:30 ގައި:

  • އާރޓިފިޝަލް ބީޗް، މާލެ
  • ސިންތެޓިކް ޓްރެކް، ހުޅުމާލެ

“އަނެއްކާވެސް ‘ދިރާގު އީދު ބޯކިބާ’ އާންމުންނާ ހަމައަށް ގެނެސްދީ، ތިޔަ ހުރިހާ ފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތައް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރި މުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮހިތުން ކަމެއް ކޮށްދެވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” – ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް

ދިރާގުން ބުނެފައި ވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *