Sunday, 26 July 2026
Ads by

އީރާނުގެ މަދަރުސާއަށް ބޮންއެޅީ އެމެރިކާގެ އަސްކަރިއްޔާ ކަމަށް އެމެރިކާގެ ތަހުޤީޤީ އިދާރާއަކުން ހާމަކޮށްފި

އީރާނުގެ މަދަރުސާއަށް ބޮންއެޅީ އެމެރިކާގެ އަސްކަރިއްޔާ ކަމަށް އެމެރިކާގެ ތަހުޤީޤީ އިދާރާއަކުން ހާމަކޮށްފި

އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގައި ހުންނަ އަންހެން ކުދިންގެ މަދަރުސާއަކަށް ބޮންއަޅައި، 180އެއްހާ ދަރިވަރުން ޝަހީދުކޮށްލި ނިރުބަވެރި ޙަމަލާގެ ޒިންމާ އުފުލަންޖެހެނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ތަޙުޤީޤީ އިދާރާއިން ހާމަކޮށްފިއެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ ދެ އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ހެކިތަކުން މި ޙަމަލާއަކީ އެމެރިކާގެ ފައުޖުތަކުން ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވޭ ކަމުގައެވެ. ނަމަވެސް، އެ ކަން ކަށަވަރު ކުރެވޭނީ ތަޙުޤީޤު ނިމުމުން ކަމުގައި ވެސް އޮފިޝަލުން ފާހަގަކުރެއްވިއެވެ.

Ad Image
Ads by

މިނާބްގެ މަދަރުސާއަކަށް ބޮންއަޅައި ކުޑަކުދިންތަކެއް ޝަހީދު ކޮށްލާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ފުރަތަމަ ދުވަހުއެވެ. އެ ދުވަހު ޝަހީދު ކޮށްލާފައިވާ 180 ކުދިންގެ ޖަނާޒާ ބާއްވާފައި ވަނީ މާރިޗު 3ވަނަ ދުވަހުއެވެ. އެ ޙަމަލާގެ މިނިވަން އަދި ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ހަމަ އެ ދުވަހު ވަނީ ގޮވައިލާފައެވެ.

މަދަރުސާއަށް ދިން ނިރުބަވެރި ޙަމަލާގެ ތުހުމަތު އެމެރިކާއަށް އަމާޒުވުމުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ކަމުންރެކެން މަސައްކަތް ފަށާފައެވެ. ޓްރަމްޕްގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ދުވަހަކު ވެސް ޢާންމުންނަށް އަމާޒުކޮށް ޙަމަލާ ނުދޭނެ ކަމުގައެވެ. ނަމަވެސް، މިނާބްގެ މަދަރުސާއަށް ދީފައިވާ ޙަމަލާ ތަޙުޤީޤު ކުރަމުންދާ ކަން އޭނާ ކަށަވަރު ކޮށްދެއްވިއެވެ. ތަޙުޤީޤާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ދެއްވުމަށް އިންކާރު ކުރައްވައި ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވަނީ، ކުޑަކުދިންނަށް ޙަމަލާ ދެމުން ދަނީ އީރާންގެ ސަރުކާރުން އެކަނި ކަމުގައި ތުހުމަތު ކުރައްވާފައެވެ.

ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވަނީ ޒިންމާއިން ސަލާމަތްވުމަށް މަސައްކަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަދަރުސާއަކަށް ޙަމަލާ ދިނުމަކީ އެމެރިކާގެ އަސްކަރިއްޔާއިން ކުރާނެ ފަދަ ކަމެއް ނޫން ކަމުގައެވެ. ޢާންމުން ދިރިއުޅޭ ތަންތަނަށް ޙަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މަނާ، ހަނގުރާމައިގެ ކުށެކެވެ. މިނާބްގެ މަދަރުސާއަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންގެ ބައިވެރިވުން ނެތް ކަން ކަށަވަރު ކުރެވިއްޖެ ނަމަ، ދެން އެ ޙަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ޔަހޫދީ ފައުޖުންނެވެ. ނަމަވެސް، ޔަހޫދީންނަކީ އެއްވެސް ޖެހިލުމެއް ނެތި، ގަސްދުގައި މުސްލިމް ޤައުމުތަކުގެ ޢާންމުންނާއި ކުޑަކުދިން ޝަހީދު ކުރަމުންދާ ޤައުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި