Ads by
ޚަބަރު
ދިރާގާއި ލަޔަންސްގޭޓް ޕްލޭއިން އެކްސްކްލޫސިވް އެންޓަޓެއިންމެންޓް ކޮންޓެންޓް ރާއްޖެއަށް
ދިރާގު އީޒޯން މެދުވެރިކޮށް މިހާރު ފަސޭހަކަމާ އެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ - ފޮޓޯ:ދިރާގު

ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް، ޕްރިމިއަމް ޑިޖިޓަލް މުނިފޫހިފިލުވުމުގެ ކޮންޓެންޓް ރާއްޖެއަށް ގެނެސްފިއެވެ.

Ads by Eki Online

ދިރާގުން ބުނީ މި ޕަރޓްނަރޝިޕާ އެކު ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.

ލަޔަންސްގޭޓް ޕްލޭއަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެވެ. ލަޔަންސްގޭޓަކީ ‘ދަ ހަންގަރ ގޭމްސް’، ‘ޖޯން ވިކް’، ‘ލާ ލާ ލޭންޑް’ އަދި ‘ނައިވްސް އައުޓް’ ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

“ލަޔަންސްގޭޓް ޕްލޭ އާ ގުޅިގެން މިފަދަ މުނިފޫހިފިލުވުމުގެ ކަލެކްޝަނެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި އާއެކު ލަޔަންސްގޭޓް ޕްލޭގެ މި އެކްސްކްލޫސިވް ކޮންޓެންޓް ދިވެހިރާއްޖެއިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުންނަށް ވެގެންދާނެ. އެގޮތުން ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބަލާލެވޭނެ،” ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން

ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވެފައި ވަނީ ދިރާގާއި ލަޔަންސްގޭޓް ޕްލޭ އާ ދެމެދު ގާއިމު ކުރެވުނު މި ޕަރޓްނަރޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެ ކުންފުނީގެ ބައިވެރިވުން ވަރުގަދަވެ، ރާއްޖޭގެ ތަފާތު އޯޑިއަންސްތަކާ އެކު ވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި މި ޕަރޓްނަރޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަމާ އެކު ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް ވެސް ރޯހިތު ވަނީ ވިދާޅުވެފައެވެ.

މި ޕަރޓްނަރޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމާފައެވެ. އެގޮތުން ދިރާގު އީޒޯންއިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވޭނެއެވެ.

ދިރާގުން ބުނި ގޮތުގައި ސަބްސްކްރިޕްޝަން ބޭނުން ކުރުމަށްޓަކައި ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯރ އައިޑީއަކީ ރާއްޖެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވިފައިވާ އައިޑީއަކަށް ވާން ޖެހޭނެ ކަމުގައެވެ. 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *