Saturday, 24 October 2026
Ads by

މި ފަހަރު ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ދޫކުރި

މި ފަހަރު ރޯދަ ހަދިޔާ 113،382 ގޭބިސީއަކަށް ދޫކުރި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރޭ ނިންމާލާފައިވާ ކަމަށާއި، މި އަހަރު 113،382 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިހިނގާ 1447 ރަމަޟާން މަހު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގެ ތަފްސީލު މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރޭ (15 ރަމަޟާން، 4 މާރިޗު 2026) ގެ ނިޔަލަށް ނިންމާލާފައިވާއިރު މާލޭ ސަރަޙައްދުން ދޫކުރެވިފައިވަނީ 55667 މަސްދަޅު ކޭސް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި، އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް ފޮނުވިފައިވަނީ، 57715 މަސްދަޅު ކޭސް ކަމަށެވެ. އެއާއެކު މުޅި ޖުމްލަ 113382 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި 2 އަހަރުގެ ތަސާސްހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި މި ދިޔަ އަހަރު އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް 60712 ކޭސް ފޮނުވިފައި ވިޔަސް، މި އަހަރު އަތޮޅުތަކަށް ފޮނުވަން ޖެހުނީ 57715 ކޭސް ކަމަށެވެ. އެއީ 2997ގެ މަދުވުމެއް ކަމަށެވެ.

މީގެ އިތުރުން މި ދިޔަ އަހަރު މާލޭ ސަރަޙައްދަށް ދޫކުރެވިފައިވަނީ 50525 ކޭސް ކަމަށް ވިޔަސް، މި އަހަރު ދޫކުރެވިފައި ވަނީ 55667 ކޭސް ކަމަށެވެ. އެހެންކަމުން މިއީ 5142 ކޭހުގެ އިތުރު ވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 1446 ވަނަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖެއަށް ދޫކުރެވުނީ 111237 މަސްދަޅު ކޭހެވެ. މި އަހަރު އެ ޢަދަދުވަނީ 113382އަށް އަރާފައެވެ. މިއީ 2145 ކޭހުގެ އިތުރު ވުމެކެވެ.

މިއީ ރޯދަ ހަދިޔާ ޕްރޮގްރާމް ހިންގާ 3 ވަނަ އަހަރެވެ. މި ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ސަރުކާރުން ދޫކޮށްފައިވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް 48 ދަޅުގެ މަސްކޭހެކެވެ.

ދިވެހި ގޭބިސީތަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ރޯދަ ހަދިޔާ، ދޫކުރާނެ ގޭބިސީތައް އަތޮޅުތެރޭގެ ރަށްރަށުގައި ކަނޑައަޅައި އެ ލިސްޓްތައް ތައްޔާރު ކުރައްވާފައިވަނީ ކައުންސިލް އިދާރާތަކުންނެވެ. މާލޭ ސަރަޙައްދުގައި ގޭބިސީތައް ދެނެގަތުމަށް ޓަކައި އަސާސީ މަސްދަރެއްގެ ގޮތުގައި ބަލާފައިވަނީ، ސްޓެލްކޯގެ ޑޮމެސްޓިކް ކަރަންޓް މީޓަރެވެ.

މި އަހަރުގެ ރޯދަ ހަދިޔާ ޢާންމުކޮށް ބެހުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2026 ޖަނަވަރީ 24 ގައެވެ. މާލޭ ސަރަޙައްދުގައި 15 މަރުކަޒެއް ޤާއިމު ކުރެވި ރޯދަ ހަދިޔާ ދޫކުރެވުނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި