Wednesday, 9 September 2026
Ads by

މަސްތުވާތަކެތި އެތެރެވާގޮތް ދެނެގަނެ ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން: މިނިސްޓަރ

މަސްތުވާތަކެތި އެތެރެވާގޮތް ދެނެގަނެ ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން: މިނިސްޓަރ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދިމަދިމާ ދެނެގަނެ، އެ މަގުތަކުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިޙްސާން ވަނީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި މިސަރުކާރުން ކުރި އަދި މިހާރުވެސް ކުރެވެމުންދާ މަސައްކަތަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަކާއިބެހޭ ބައެއް ތަފާސްހިސާބުތައް މިނިސްޓަރ ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ވޭތުވެ ދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގުނު އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 83.45 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި ކަމަށެވެ. މިތަކެތީގެ މަގުމަތީ އަގު 72.2 މިލިޔަން ރުފިޔާއަށް އަރާ ކަމަށް އިޙްސާން ވިދާޅުވިއެވެ. މީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެއްޗަކީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެތެރެކުރަން މަސައްކަތް ކުރަނިކޮށް ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށާއި، މިއީ ތަފާތު 8 މައްސަލައެއްގެ ތެރެއިން އަތުލައިގެންފައިވާ މަސްތުވާތަކެތިކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެތީގެ އިތުރުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެތެރެކުރެވޭ އެހެން ބާވަތްތައްވެސް އަތުލައިގަންނަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ވޭތުވެ ދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި 7000 ވޭޕް ސްޓިކް އަދި ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ 2 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވާކަން ހާމަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު