Wednesday, 9 September 2026
Ads by

އުފާވެރި މަންޒަރެއް: މާދަމާ މާލެ ސަރަޙައްދުގައި 26 ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ!

އުފާވެރި މަންޒަރެއް: މާދަމާ މާލެ ސަރަޙައްދުގައި 26 ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ!

މާދަމާ އިމާމްވެސް ހުކުރު ކުރުމަށް ހަމަޖެހިފައިވާ ބައެއް ޚަޠީބުން.. ފޮޓޯ އިސްލާމިކް މިނިސްޓްރީ..

މާދަމާ މާލެ ސަރަޙައްދުގައި 26 ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޮންމެ ދިވެއްސަކުވެސް މިކަމާއި މެދު ފަޚުރުވެރިވެ އުފާ ކުރަންޖެހޭ ކަމެކެވެ.

Ad Image
Ads by

އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާގައި ކޮންމެ ހުކުރު ދުވަހަކުވެސް އިމާމްވެސް ހުކުރު ކުރައްވާ ޚަޠީބުންގެ މަޢުލޫމާތު ހިއްސާ ކުރައްވައެވެ. އެގޮތުން މިރޭ މިނިސްޓްރީން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މާދަމާ މާލެ ސަރަޙައްދުގެ 26 މިސްކިތެއްގައި އިމާމްވެ ހުކުރު ކުރައްވާނީ ޒުވާން ޚަޠީބުންނެވެ.

އޭގެ ތެރޭގައި މާލޭގެ އެންމެ ބޮޑެތި މިސްކިތްތައް ހިމެނެ އެވެ. އެގޮތުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ވެސް ހިމެނެ އެވެ.

* އަލްޙާފިޒް އަބްދުالله ބިން އިމްޖާދު – އިސްލާމީ މަރުކަޒު

* އަލްޙާފިޒް މުހައްމަދު ހަނޫން ހުސައިން – ސަލްމާން މިސްކިތް

މިއީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ޒުވާން ޚަތީބަކު އިމާމުވެ ހުކުރު ކުރާ ފުރަތަމަ ފަހަރެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ތިން ބުރެއްގެ މަތީން ޚާއްސަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ. އެ ޕްރޮގްރާމްތަކުން މިހާތަނަށް 503 ޚަތީބުން ވަނީ ތަމްރީނު ކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގައި 500 ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ ޒުވާން ޚަޠީބުން“ މިޚާއްސަ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއާއިއެކު ހަމަ އެބާރުމިނުގައި ޙާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ސަރުކާރުން ކުރިއަށް ގެންދެއެވެ. މި ޕްރޮގްރާމަކީވެސް ވަރަށް ކާމިޔާބު އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ޝައުޤުވެރިކަން އޮތް ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރުމަށް 37 ދިވެހި ހާފިޒުން ވަނީ ހަމަޖައްސާފައެވެ. މި ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާ ދިވެހި ހާފިޒުންނެވެ.

މިފަހަރުގެ ރަމަޟާން މަހުގެ ތަރާވީސް ނަމާދުގެ އިންތިޒާމުތަކަށް ބަލާލާއިރު، އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުންނެވެ. މީގެ އިތުރުން، މި ދެ މިސްކިތުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ހުކުރު ޚުޠުބާ ކިޔުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު އަންނައިރު މާލެ ސަރަހައްދުގައި އިމާމުވެ ތަރާވީސްކުރާ ހުރިހާ ހާފިޒުންނަކީ ދިވެހިންނަށް ހެދުމެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިފަހަރު ގިނަ އަދަދެއްގެ ދިވެހި ހާފިޒުން ތަރާވީސް ކުރާނެއެވެ. މީގެ އިތުރުން، މިފަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރާ ބޭފުޅުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

އިސްލާމީ ވަހުދަތު ވަރުގަދަކުރުމުގެ ބިޔަ ބޮޑު މަޝްރޫޢުގެ ދަށުން މިސަރުކާރުން ކުރިއަށް ގެންދާ ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައްދީ، އެކަމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭނެއެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. މިޕްރޮގްރާމްގެ ސަބަބުން، ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މިޕްރޮގްރާމްގެ މަޤްޞަދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި