Sunday, 27 September 2026
Ads by

އެކި ސުފުރާ: މާރީ ފަޖް

އެކި ސުފުރާ: މާރީ ފަޖް

ބޭނުންވާތަކެތި

Ad Image
Ads by

ތައްޔާރުކުރަން ނަގާ ވަގުތު :15 މިނެޓް

މަންޗީ މާރީ ބިސްކިޓް (ޕެކެޓެއްގެ ދެބައި ކުޅާ އެއްބައި)

½ ސައިސަމުސާ އަންސޯލްޓެޑް ބަޓަރު (ތަބަކުގައި ހޭކުމަށް)

¼ ޖޯޑު އަންސޯލްޓެޑް ބަޓަރު

1 ދަޅު ގެރިކިރު

½ ޖޯޑު ކޮކޯ ޕައުޑަރ

1 ސައިސަމުސާ ވެނީލާ އެސެންސް

2 ސައިސަމުސާ ކޯން ފްލާ

 ކެޑްބަރީ މިލްކް ޗޮކްލެޓް ( ގާނާފައި)

ޑާކް ޗޮކްލެޓް ( ކޮށާފައި)

ކެޝޫނަޓް (ރޯސްޓް ކޮށްލާފައި)

ކަނަމަދު ( މެދުން ފަޅާފައި)

ހަދާނެ ގޮތް

ފުރަތަމަ މަންޗީ މާރީ ބިސްކިޓް ފުނޑުކޮށްލާށެވެ. ފުނޑުވާނީ ކޮންމެހެން މާ ހިމުންނުވާ ވަރަކަށް ގާތްގަނޑަކަށް 1 ނުވަތަ ½ އިންޗި ބޮޑު މިނަށެވެ. ފުނޑުވާނީ މާ ބޮޑެތި އެތިކޮޅު ކޮޅު ނުހުންނާނެ ވަރަށެވެ.

ފަޖް ސެޓްކުރަން ބޭނުން ކުރާ ޓްރޭގެ އަރިމަތި ތަކުގައާއި ފުލުގައި އަންސޯލްޓެޑް ބަޓަރު އުނގުޅާށެވެ. ބަޓަރުގެ ބަދަލުގައި ބޭކިންގް ޕޭޕަރވެސް ބޭނުން ކުރެވިދާނެއެވެ.

ބޮޑު ތެއްޔަކަށް އަންސޯލްޓެޑް ބަޓަރު އަޅައި މަޑު ގިނީގައި 2 ނޫނީ 3 މިނެޓު ވަންދެން ނުވަތަ އެ ދިޔާ ވަންދެން ކައްކާށެވެ. ބަޓަރު ކޮޅު ދިޔާ ވީމައި ގެރިކިރާއި، ކޮކޯ ޕައުޑަރާއި، ވެނީލާ އެސެންސް، ތެއްޔަށް އަޅައި ހުއްޓާ ނުލާ ދޭފަތުން ހާކަމުން މަޑު ގިނީގައި ކައްކާށެވެ. ކައްކާނީ 3-4 މިނިޓު ވަންދެން ނުވަތަ ތެލީގައި ހުރި ތަކެތި އޮމާން ވެލަންދެންނެވެ.

ކޮށާފައި ހުރި ޑާކް ޗޮކްލެޓް ކޮޅު ތެއްޔަށް އަޅާލާފައި އެ ގިރިގެން ދަންދެން 30 ސިކުންތު ވަންދެން ނޫނީ 1 މިނެޓު ވަންދެން ނުވަތަ އެއްކޮށް ދިޔާވަންދެން އެއްކޮށްލާށެވެ. އެއަށްފަހު ފުނޑުކުރި ބިސްކޯދު އަޅާފައި 2 މިނެޓު ވަންދެން އެއްކޮށްލާށެވެ. ކޯން ފްލާ ކޮޅާއި ކުޑަ ކެޝޫނަޓްކޮޅެއްވެސް އޭގެ ތެރެއަށް އަޅާލާފައި އެއްކޮށްލާށެވެ. 1 މިނެޓް ވެލީމަ އުނދުން ނިވާލާފައި ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް ތެލީގައި ހުރި ސާމާނު އޮއްސާލާށެވެ. ތެލީގައި ހުރި ސާމާނު ނިކަން އަވަހަށް ސެޓް ވާނެއެވެ. އެހެންވީމައި މިކަން ކުރަން ވާނީ ނިކަން ހަލުވި ކޮށެވެ.

ތަބަކަށް އެޅުމަށްފަހު ސަމުސަލެއްގެ ނުފުށުން، ނުވަތަ ދޭފަތަކުން ވިޔަސް ޓްރޭއަށް އެޅި ސާމާނުގެ މަތި އޮމާން ކޮށްލާށެވެ. އޭގެ މައްޗަށް ކަނަމަދު ކޮޅާއި ކެޝޫނަޓް އަޅާލާފައި، ގޭނި ޗޮކްލެޓްކޮޅުވެސް އަޅާލާށެވެ. ދެން އެއްޗަކުން މަތި ނިވާ ކުރުމަށްފަހު ފްރިޖަށް ލާފައި ގާތްގަނޑަކަށް 2 ގަޑިއިރު ބަހައްޓާށެވެ. ރަނގަޅަށް ސެޓްވީމަ ފްރިޖުން ނަގާފައި ގޮޅި ގޮޅިއަށް ކަފާލާށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި