Ads by
ޚަބަރު
ސައުދީއަށް ހަނދެއް ނުފެނުނު، ފިތުރު އީދަކީ ބުދަ ދުވަސް
ސައުދީގައި ހަނދު ބެލުމުގެ ހަރަކާތެއް ކުރިއަށް ގެންދަނީ - ފޮޓޯ:ހަރަމައިން

މި އަހަރުގެ ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ.

Ads by Eki Online

ސައުދީގެ އެކި ހިސާބުތަކުގައި ހަނދު ބެލުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ހަރަމައިން އިން ބުނެފައި ވަނީ އެ ގައުމުގެ އެއްވެސް ހިސާބަކަށް މިއަދު އިރުއޮއްސުނު ވަގުތު ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.

ސައުދީއަށް ރަމަޟާން މަސް ފެށިފައި ވަނީ މާރޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން މާދަމާ ވާނީ އެ ގައުމަށް މި ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައެވެ.

ބުދަ ދުވަހަކީ އީދު ދުވަސް ކަމަށް ސައުދީން އިއުލާނުކޮށްފައިވާއިރު ފަލަސްތީން، މިސްރު، ކުވެއިތު، ޔޫއޭއީ، ގަތަރު، ބަހްރެއިން، ލުބުނާން، ޔަމަނު، އިރާގު، ސީރިއާގެ އިތުރުން އޮސްޓްރޭލިއާއިން ވެސް ވަނީ އެ ގައުމުތަކަށް ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމަށް ކަނޑައަޅާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އާރު އޭ2 މަސް ކުރިން

ސައުދީއަކަށް ހަނދެއްނުފެނުނު އަފި ކައިރީއޮތް ފަލަސްތީނުގެ އަހުންނާއި އުޚުތުން މަރައި ހިސްކުރަމުންދާއިރު ވެސް ސައުދީ ވެރިންނަކަށް އެތަނެއް ނުފެނޭ!

0
0