Saturday, 24 October 2026
Ads by

ވިހައިގެން 2 އަހަރު ވަންދެން ދުވާލަކު 1 ގަޑިއިރު ދަރިންނާއެކު ހޭދަކުރެވޭނެގޮތް ހަމަޖައްސަނީ

ވިހައިގެން 2 އަހަރު ވަންދެން ދުވާލަކު 1 ގަޑިއިރު ދަރިންނާއެކު ހޭދަކުރެވޭނެގޮތް ހަމަޖައްސަނީ

ރައްޔިތުންގެ މަޖްލީހުގެ ޤައުމީ ތަރައްޤީއާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ/ މަޖްލިސް

ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ވިހެއުމުން ލިބޭ ޗުއްޓީގެ އިތުރުން ދަރިންގެ އުމުރުން 1 އަހަރުވަންދެން ދުވާލަކު 30 މިނެޓްގެ ވަގުތުކޮޅެއް ދަރިންނާއެކު ހޭދަކުރުމަށް އޮންނަ އޮތުން ބަދަލުކޮށް އެ މުއްދަތު އިތުރު ކުރުމަށް ގިނަ މަންމައިން އެދިފައިވުމާއެކު އެ ފުރުޞަތު ހަމަޖައްސައިދިނުމުގެ މަސައްކަތް ރައްޔިތުންގެ މަޖްލިސް ތެރެއިން ފެށިފައިވާ ކަމަށް މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ މުޤައްރިރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނިކުތަސް ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރަން މިދިޔަ ފެބްރުއަރީ މަހު ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖްލީހުގެ މަޑަވެލިދާއިރާގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މުޙައްމަދު ޝަމީޒް އެވެ.

މިހާރު ވަޒީފާއާބެހޭ ޤާނޫނު އޮންނަ ގޮތުން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހެނީ ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ބިލްގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް، ޖުމްލަ 1 ގަޑިއިރު މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.

މި އިސްލާޙާއި ގުޅިގެން ކޮމެޓީ މަރުޙަލާގައި ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވާ ކޮމިޓީގެ މުޤައްރިރު މެންބަރު ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަމަކީ ވަޒީފަ އަދާކުރައްވާ ގިނަ އަދަދެއްގެ ކަނބަލުން ރައީސް އަރިހުން އެދިވަޑައިގެންނެވި ކަމެއް ކަމަށާއި، މި ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުއްވި 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ހުށައެޅުނު އިސްލާހް މިއަދު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ. އަދި މި އިސްލާހުގައި ކުދި ވިޔަފާރިތަކުން ސަރުކާރަށް ދައްކަމުންގެންދާ ކޯޓާ ފީވެސް ވާނީ އުނިކުރެވިފައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިބަދަލަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމަށް ރައީސް ޑރ. މުޢިްޒު އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންގެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި ޤާނޫނަށް ސަރުކާރުން މިވަނީ ބަދަލު ގެންންވާފައިކަމަށެވެ. އަދި މިއިސްލާހު ވަރަށް އަވަހަށް ޤާނޫނަކަށް ވެގެންދާނެކަމުގެ ޔަޤީންކަންވެސް ޝުޖާއު ވަނީ ދެއްވާފައެވެ.

”ވަޒީފާ އަދާކުރަމުންގެންދާ ޅަދަރިމައިންނަށް މިހާރު ޤާނޫނުން ލިއްބައިދެނީ ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެން ވަޒީފާ އަދާކުރާ ކޮންމެ ދުވަހަކު 30 މިނިޓުގެ 2 ފަހަރު ދަރިފުޅާއެކު ހޭދަކުރުމަށެވެ. މިފުރުޞަތު ކުއްޖާގެ އުމުރުން 2 އަހަރު ފުރެންދެން ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުޢިއްޒުގެ އަރިހުން ގިނަ އަދަދެއްގެ ވަޒީފާ އަދާކުރައްވާ ކަނބަލުން އެދިވަޑައިގަތުމުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުއްވި 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ހުށައެޅުނު އިސްލާހް މިއަދު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ވާނީ ނިންމާފައެވެ.“ ޝުޖާއު ވިދާޅުވިއެވެ.

މި ބިލުގައި ވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލެއް ގެނައުމަށް ހިމަނާފައެވެ. މިހާރުގެ ޤާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިސްއެއް ދޭންޖެހެނީ 6 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް އެ ބިލް އޮންނަ ގޮތުން 1 އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 2 ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ އެވެ.

ނަމަވެސް އެއަށް ވުރެ ކުރު މުއްދަތެއް ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގެ ނޯޓިސްގެ ގޮތުގައި ދޭންޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެ ބިލްގައިވެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި