Saturday, 24 October 2026
Ads by

ފާއިތުވި ހަ ދުވަހުން އިޒްރޭލަށް ދެ ބިލިޔަން ޑޮލަރުގެ ގެއްލުމެއް!

ފާއިތުވި ހަ ދުވަހުން އިޒްރޭލަށް ދެ ބިލިޔަން ޑޮލަރުގެ ގެއްލުމެއް!

ފާއިތުވި ހަ ދުވަހުގެ ތެރޭގައި އީރާނުން އިޒްރޭލުގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ވަރުގަދަ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުމުގެ އަގު 2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ، މެދުއިރުމަތީގެ ހަނގުރާމަށް ޔަހޫދީން ކުރަމުންދާ އަސްކަރީ ޚަރަދުތައް ނުހިމަނައި، އީރާނުން ބޭނުން ކޮށްފައިވާ ބާރުގަދަ ކްރޫޒް އަދި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯންތަކުގެ ސަބަބުން ބިނާރާއި އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމުގެ އަގެވެ.

Ad Image
Ads by

އީރާނުން ޔަހޫދީ ދައުލަތަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުން މި ދަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާންގެ އިސްތިޤުލާލަށް އަރައިގަތުމާ ގުޅިގެންނެވެ. ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. އެ ހަނގުރާމައިގައި އީރާންގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,045އަށް އުފުލިފައެވެ. އީރާނުން ވެސް ވަނީ ޔަހޫދީންގެ 11 މީހުންނާއި އެމެރިކާ ސިފައިންގެ ހަ މީހުން މަރައިލާފައެވެ. އަދި، ޔަހޫދީންގެ އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައެވެ.

އެމެރިކާއާއި ޔަހޫދީން ގުޅިގެން އަދިވެސް ދަނީ އީރާންގެ ވެރިރަށް ތަހްރާނާއި ޢާންމުން ދިރިއުޅޭ ބޮޑެތި ރަށްތަކަށް ޙަމަލާ ދެމުންނެވެ. އަދި، ބަދަލުގައި އީރާނުން ވަނީ ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ބޮޑެތި، ބާރުގަދަ އަދި ފެންވަރު މަތި މިސައިލްތައް ބޭނުން ކުރަން ފަށާފައެވެ. ޔަހޫދީ ފައުޖުން ދަނީ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން އީރާންގެ ގިނަ ޙަމަލާތައް ދިފާޢު ކުރަމުންނެވެ.

ނަމަވެސް، މިސައިލްތަކުގެ ބައިތައް ވެއްޓި، ޔަހޫދީންގެ ބިނާރުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މިއީ، ޔަހޫދީ ފައުޖުގެ ޤާބިލުކަމާއި ޔަހޫދީ ޢާންމުންގެ ކެތްތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އީރާންގެ ނުރައްކާތެރި ޙަމަލާތަކުގައި ޔަހޫދީ ދައުލަތަށް ލިބެމުންދާ އިޤުތިޞާދީ ގެއްލުންތައް ކުޑަކުރުމަށް ޓަކައި، ވިޔަފާރީގެ ބައެއް މަސައްކަތްތައް އަލުން ފެށުމަށް ޔަހޫދީ ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އަދި، ޢާންމު ޙާލަތަކަށް ރުޖޫޢަވުމަށް ޔަހޫދީ ސަރުކާރުން ޢާންމުންނަށް ބާރުއަޅަމުން ދިޔަ ނަމަވެސް އީރާނުން މިސައިލެއް އުދުއްސައިލާ ކޮންމެ ފަހަރަކު އެތަކެއް މިލިޔަން ޔަހޫދީންނެއް ދަނީ ބިންގަރާސްތަކަށް ވަދެ ފިލަމުންނެވެ.

އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ބިނާރުތަކާއި އުމްރާނީ ވަސީލަތްތަކަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އީރާންގެ ހަކަތައާ ބެހޭ ވަޒީރު ޢައްބާސް ޢަލީއާބާދީ ވިދާޅުވީ، ޔަހޫދީންގެ ޙަމަލާތަކެއްގައި އެ ޤައުމުގެ ފެނާއި ކަރަންޓުގެ ޚިދުމަތްދޭ މައި މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އެ ގެއްލުންތައް މަރާމާތުކޮށް، ޚިދުމަތްތައް އަލުން ގުޅައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި