Ads by
ޚަބަރު
މިރޭ ރާއްޖެއަށް ހަނދެއް ނުފެންނާނެ: ރައީސް މައުމޫން
ރައީސް މައުމޫން: ވިދާޅުވީ އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް

އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެެއެވެ.

Ads by Eki Online

ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ. އެހެންކަމުން މާދަމާ ވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.

މި އަހަރު މާލެ ސަރަހައްދުގެ 22 މިސްކިތްތަކާ އަދި ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ މާލޭ ސިޓީގެ 16 މިސްކިތެއްގަ އާއި ވިލިމާލޭގެ އެއް މިސްކިތުގައި އީދު ނަމާދު ކުރާ ގޮތަށް ހަަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތުގަ އަދި ދެވަނަ ފިޔަވަހީގެ ދެ މިސްކިތުގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެ ތަންތަން:

  • މާފަންނު ސްޓޭޑިއަމް
  • ވިލިމާލެ ފުޓްބޯޅަ ދަނޑު
  • ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު
  • ހުޅުމާލެ ދެވަނަ ފިޔަވަހި ކްރިކެޓް ދަނޑު

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން މައިދާންތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާއަތް ކެންސަލްކުރަން ޖެހިއްޖެނަމަ މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމުގައެވެ.

ރާއްޖޭގައި އާންމުކޮށް ދެ އީދު ނަމާދު ކުރަމުން އައިސްފައި ވަނީ ހެނދުނު 07:30 ގައި ނަމަވެސް މިފަހުން ސަރުކާރުން ވަނީ އެ ގަޑިއަށް ބަދަލު ގެނެސްފައެވެ. އަލަށް ގެނައި ބަދަލާ އެކު މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރު ފިތުރު އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *