Ads by
ޚަބަރު
މަރާމާތަށްފަހު ޖުމްހޫރީ މައިދާނުގެ ފައްވާރާ މިރޭ ހުޅުވަނީ
ޖުމްހޫރީ މައިދާނުގައި ހުރި ފައްވާރާ މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ: މަރާމާތަށްފަހު މިރޭ އަލުން ހުޅުވާލާނެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން (ފައްވާރާ) މަރާމާތު ކުރުމަށްފަހު މިރޭ އަލުން ހުޅުވާލާނެ ކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޖުމްހޫރީ މައިދާނުގައި ހަލާކުވެ، ވީރާނާ ވަމުންދިޔަ ފައްވާރާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އެދިވަޑައިގަތުމަށް ކުޑަ އީދުގައި އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާދަމް ޝަރީފު ވިދާޅުވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މަރާމާތު ކުރުމަށްފަހު ފައްވާރާ ދިއްލާލާފައިވާ ވީޑިއޯއެއް ހިއްސާކުރައްވަމުން އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިރޭ 09:30 ގައި ޖުމްހޫރީ މައިދާނުގެ ފައްވާރާ އަލުން އާންމުންނަށް ހުޅުވާލާނެ ކަމުގައެވެ.

ޖުމްހޫރީ މައިދާނަށް ބަދަލުތަކެއް ގެނެސް އެތަނުގައި ފެން އަރުވާ ވަޑާމެއް ހެދުމަށްފަހު ހުޅުވާފައި ވަނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އެމްޓީސީސީން ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. މިތަން ހަދާފައި ވަނީ ތަނަށް އެރި ފެނުގެ ތެރޭގައި ކުޑަކުދިންނަށް ކުޅެއުޅެވޭ ގޮތަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *