Wednesday, 9 September 2026
Ads by

ރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކުހެއް ނަގަނީ

ރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކުހެއް ނަގަނީ

މިނިސްޓަރު ނާޒިމް ނޫސްވެރިން ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކުހެއް ނެގުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ނާޒިމް މި ބީދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ނާޡިމް ވިދާޅުވީ، މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށާއި، މިފަދަ ކަންކަމަކީ ވަކި އުޞޫލެއްގެ ތެރެއިން އަދި ވަކި ނިޒާމެއްގެ ތެރެއިން، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަންތައްތަކަށްވުމުން، އެ ކަންކަމަށް ވަކި އުޞޫލެއްގެ ތެރެއިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މިހާތަނަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ދުންފަތުގެ މައްސަލާގައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އަޅައި އެކަމަށް ޚާއްޞަ ޤާނޫނެއް ތަންފީޒުކުރަން ފެށިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވޭޕްގެ ބާވަތްތައް މަނާކުރުމާއި، ޖެނެރޭޝަނަލް ބޭން ތަޢާރަފްކުރުމާއި، ދުންފަތުން ނެގޭ ޓެކުސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ މި މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

”އަޅުގަނޑު ފަހަރެއްގަވެސް ނުދެކެން ކުރިއަށް އޮތް މުސްޠަޤުބަލުގައި ތި ވިދާޅުވާ ހަކުރުގެ މައްސަލައަށް ޙައްލު ނާންނާނެ ކަމަކަށް، އެ މަޝްވަރާތައް އަޅުގަނޑުމެން އެކި ލެވެލްގައި އެބަ ކުރެވޭ، ކިހާ ހިސާބެއްގައި ތޯ މުޅިން ތަންފީޒުވެގެން ދާނީ، އެއީ ކަންނޭނގެ އުފެދޭނެ ސުވާލަކީ. އެންމެ މުހިއްމު ދަނޑިވަޅުގައި، މުހިއްމު ހާލަތުގައި، މުހިއްމު ވަގުތުގައި އެކަންކުރުން ވަރަށް މުހިއްމު،“ މިނިސްޓަރު ވިދާޅުވި ވެ.

މިނިސްޓަރު ނާޡިމް ވިދާޅުވީ މިފަދަ ނިންމުންތަކަކީ މަލްޓި ސެކްޓަރަލް ލެވެލްގައި މަޝްވަރާކޮށްގެން ނިންމަންޖެހޭ ނިންމުންތަކެއް ކަމަށާއި، އެއީ ހެލްތު މިނިސްޓްރީއަށް އެކަނި ނިންމޭނެ ނިންމުންތަކެއް ނޫންކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ މިކަންކަމަށް ޢާންމުން ހޭލުންތެރި ކުރުވުން ކަމަށްވެސް މިނިސްޓަރު ނާޡިމް އިތުރަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި