Sunday, 26 July 2026
Ads by

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުމާއިއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުމާއިއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

އެސްޓީއޯގެ މައި އިދާރާ--- ފޮޓޯ: އެކި އެމްވީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤަވާމީ ތެލުގެ ބާޒާރަށް އައި ލޮޅުންތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެސްޓީއޯއިން އެކްސްގައި ޚިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގުތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގުތަކަށް އައި ބަދަލުތަކުގެ ތަފްޞީލް ވެސް ޙިއްޞާކޮށްފައެވެ.

އެގޮތުން ކުރިން 13.50 ރުފިޔާއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.01 ރުފިޔާއެވެ. މިއީ ލީޓަރަކުން 2.51 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 18.6 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެހެންމެ، ކުރިން 13.92 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރެއް އަގު މިހާރު ވަނީ 17.54 ރުފިޔާއަށް އުފުލިފައެވެ. މިއީ ލީޓަރަކުން 3.62 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 26 އިންސައްތައިގެ އިތުރުވުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ ހާލަތު ޢާންމު ހާލަތަކަށް ރުޖޫޢަ ނުވެއްޖެ ކަމުގައިވާނަމަ ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގު މިހާރަށްވުރެ ބޮޑަށް އުފުލިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖެ ފަދަ އެހެން ޤައުމުތަކަށް ތެލަށް ބަރޯސާވެފައިވާ ޤައުމުތަކުގައި، ތެލުގެ އަގު އުފުލި، މުދަލާއި ޚިދުމަތުގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި