Ads by
ޚަބަރު
ނަތީޖާ ނެރުމުގައި އެންމެ ދުވަހެއް ބޭކާރުކޮށްލުމަކީ ވެސް ބުއްދިވެރިގޮތެއް ނޫން: ރައީސް
ރައީސް މުޢިއްޒު: ނަތީޖާ ނެރުމުގައި އެންމެ ދުވަހެއް ބޭކާރުކޮށްލުމަކީ ވެސް ބުއްދިވެރިގޮތެއް ނޫން ކަމަށް ވިދާޅުވި - ފޮޓޯ:ޕީޕީއެމް

ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ނަތީޖާ ނެރެން ބޭނުންވާ ކަމަށާއި އެކަމަށް އެންމެ ދުވަހެެއް ވިޔަސް ބޭކާރުކޮށްލުމަކީ ބުއްދިވެރިގޮތެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލިސް އިންތިހާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަތީ ރައްޔިތުންނަށްޓަކައި މުހިންމު ސިޔާސަތުތަކަކާއި ތަރައްގީގެ ތަސައްވުރަކާ އެކުގައި ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރަން އެންމެ ބޮޑަށް މަގުފަހިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން މަޖިލީހުގައި ތިބުން މުހިންމު ކަމަށެވެ.

“ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދީ، ނަތީޖާ ނެރުމަށް އެހީތެރިކަން ދެއްވާނެ ބޭފުޅުން މަޖިލީހަށް ހޮވުމަކީ ވަރަށް މުހިންމު ކަމެއް. އެންމެ އަހަރެއް، ދެ އަހަރެއް ވިޔަސް، އެންމެ ދުވަހެއް ވިޔަސް ބޭކާރު ކޮށްލުމަކީ ބުއްދިވެރިގޮތެއް ނޫން މި ނަތީޖާ ނެރުމުގައި. އަޅުގަނޑު ބޭނުން ވަނީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެންގެ ފަރާތުން ކާމިޔާބީތައް ރައްޔިތުންނަށް ވާސިލުކޮށްދޭން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު މަސައްކަތްތަކާއި ނިންމުންތައް ނިންމަން ޖެހޭ ތަނެއް ކަމުގައެވެ. އެގޮތުން ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް އިސްލާހު ގެނައުމާ އަދި ބަޖެޓު ފާސްކުރުން ފަދަ ކަންކަމަކީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ނަތީޖާ ނެރެން މުހިންމު ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީ އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެ ތަރައްގީ ގެނައުމުގައި ރައްޔިތުން އެދޭ ގޮތަށް ނަތީޖާ ނެރެދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ރައީސް ވަނީ މަޖިލިސް އިންތިހާބުގައި ރައްޔިތުން ޖަހާ ފާހަގައަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެންނަން ޖަހާ ފާހަގައަކަށް ހެދުމަށް ގޮވާލައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *