Sunday, 27 September 2026
Ads by

އެކި ސުފުރާ: ޕެޕަރ ބީފް

އެކި ސުފުރާ: ޕެޕަރ ބީފް

ބޭނުންވާތަކެތި

Ad Image
Ads by

ތައްޔާރުކުރަން ނަގާ ވަގުތު :30 މިނެޓް

ބީފް މެރިނޭޓް ކުރުމަށް

500 ގްރާމް ބީފް ( ސާފުކޮށްފައި ދިގަށް ވާގޮތަށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ގާރލިކް ޕައުޑަރ

1 މޭޒުމަތީ ސަމުސާ އަސޭ މިރުސް

1 މޭޒުމަތީ ސަމުސާ ލޮނުމިރުސް ހަވާދު

1 މޭޒުމަތީ ސަމުސާ އޮރެގާނޯ

4 ލޮނުމެދު (ގާނައިފައި)

5 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ވިނިގަރ

1 ޖޯޑު ފުލްކްރީމް މިލްކް

 

1 ފިޔާ (ބޮޑު، މެދުން ފަޅައިފައި އަރިމަތިން ކޮށައިފައި)

ރަތް، ރީނދޫ، ފެހި ބެލްޕެޕާރ (ބެލްޕެޕަރ އަކުން ދެބައިކުޅަ އެއްބައި ދިގުކޮށް ކޮށާފައި)

1 މޭޒުމަތީސަމުސާ ޓޮމާޓޯ ސޯސް

ކުޑަ ފެންފޮދެއް

ކޮރިއެންޑަރ ފަތްކޮޅެއް

1 ގިތެޔޮ މިރުސް

ލޮނު ކޮޅެއް

ތެޔޮ ކޮޅެއް

ހަދާނެ ގޮތް

ތައްޓަކަށް ފުލްކްރީމް މިލްކް އަޅާފައި ބީފްކޮޅު އޭގެ ތެރޭގައި 10 މިނެޓު ވަންދެން ބަހައްޓާނީ.

މެރިނޭޓް ކުރަން ބޭނުންވާ ސޯސްގަނޑު ތައްޔާރު ކުުރުމަށް ތައްޓަކަށް ގާރލިކް ޕައުޑަރ، އަސޭމިރުސް، ލޮނުމިރުސް ހަވާދު، އޮރެގާނޯ، ގޭނި ލޮނުމެދު ކޮޅު، އަދި ސޯޔާ ސޯސް ކޮޅާއި ވިނިގަރ އަޅާފައި އެއްކޮށްލާނީ. އެއަށްފަހު މިލްކް ތެރޭގައި ހުރި ބީފްކޮޅު ފުރޭންޏަކަށް ނަގާފައި ތައްޔާރުކުރި ސޯސް ކޮޅުގެ ތެރެއަށް އަޅާފައި އެއްކޮށްލާނީ. 10 މިނެޓް ވަންދެން މެރިނޭޓް ކޮށްލުމަށްފަހު ތެއްޔަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު އޭގެ ތެރޭގައި ބީފްކޮޅު ރޯފިލުވާލާނީ.

އެއަށްފަހު ބީފްކޮޅު ތެރެއަށް ބެލްޕެޕާ، އަދި ފިޔާ، މިރުސް އަޅާފައި ހާކާލާނީ، 1 މިނެޓް ފަހުން، ޓޮމާޓޯ ސޯސް ކޮޅު، ލޮނު، އަދި ކުޑަ ފެންފޮދެއް އަޅާފައި އެއްކޮށްލާނީ، އެއަށްފަހު މަތި ޖަހައިގެން 5 މިނެޓްވަންދެން ކައްކާލާނީ.. ހުރިހާ އެއްޗެހި ރަނގަޅަށް ރޯފިލީމަ ކުޑަ ކޮރިއެންޑާ ކޮޅެއް (ބޭނުންނަމަ) ބީފްކޮޅުގެ މައްޗަށް އަޅާލެވިދާނެ.

މިއީ ބީފް ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އަދި ވަރަށް މީރު ގޮތެއް. މި ބީފް ބާސްމަތީ ރައިސް، ނުވަތަ ރޮށްޓާއި އެކުގައިވެސް ކެވިދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި