Ads by
ޚަބަރު
ކުށްކުރާ ކުޑަކުދިންނަށް ދޭންވީ ފަރުވާ، އަދަބެއް ނޫން: ޕީޖީ
ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް: ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެމުން އަންނަނީ ފަރުވާ ކަމަށް - ފޮޓޯ:ޕީޖީ އޮފީސް

ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެމުން އަންނަނީ ފަރުވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ޝަމީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށްތައް ކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ފަރުވާދީ އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ.

ކުށުގެ ނިޒާމު ކަނޑައެޅިފައި އޮންނަ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ވީނަމަވެސް އޭގެ މާނައަކީ އެ އުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެ ކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެފަދަ ކުށްތައް ކުރާ ކުދިންނަށް ފިޔަވަޅު އެޅޭނެ ކަމަށާއި ފިޔަވަޅު އެޅޭނެ ނިޒާމުތަކާއި އެކަމާ ބެހޭ ގަވާއިދެއް ވެސް އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން އެންމެން ވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދިނަމަ، މިއަދު މި ވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެއެވެ،” ކުށްކުރާ ކުދިންނަށް ދޭންވީ އަދަބު ނޫން ކަމާއި އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށް ވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ދެނީ ފަރުވާ ކަމުގައެވެ. ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ހަގު ކުރުމަކީ މިކަމުގައި އޮތް ހައްލެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައި ވަނީ އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެއް ކަމަށެވެ. އެ ކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެ ކަަމަށާއި ނަތީޖާއަކަށް ވާނީ ކުށުގެ ތެރޭގައި އެ ކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުށްކުރާ ކުދިންނަށް އޮތް ހައްލަކީ ފަރުވާދީ އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. މިކަން ކުރެވޭނެ ފަންނީ މީހުން ރާއްޖޭގައި އެބަތިބިކަން ފާހަގަކުރައްވާ އޭނާ ވަނީ ކުށްކުރާ އުމުރުގައި އުޅޭ ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ، ކާމިޔާބު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

3 މަސް ކުރިން

އެފަދައަނިޔާވެރިކަމެއް އެހެންފަރާތްތަކަންދައްކަނީ ބައްޔެއްގެދަބަބުންތަ ފަރުވާދޭން ި ތިދެނީހިއްވަރު ޢެއީީ މޑޕގެބަޔަކީތަ ތިއުޅެނީ ހިތްވަރުދީފިރުމަށް އެއްޖުއްސުންގުޅުއްހިއްގާމީހުނަށްވެސް ތިޔަބާމީހުން ކުރަނީ އިހުތިރާމާގަދަރު އަދިވަޒީފާ މަތިކޮއްފާ މުސާރަވެސް ކުރަނީބޮޑު އެވަރުގެ ައެއްތީ

0
0
އަލީ ރަށީދު ދެކުނު ތިލަ3 މަސް ކުރިން

ބޮޑެތި މުޖުރިމުންނައްވެސް ތިބޭފުޅުންގެސަރުކާރުގައި ދެއްވީ ފަރުވާ ހެއްދެވީ އެއްބަސްވުން ގައުމުގެ ކުޑަކުދިންގެ ޖީލުފަނާކުރުވީ ހަމައެކަނި ޓީޗަރެއްގެ އިހުމާލަކުން ނޫން އަދި މައިންބަފައިންގެ އިހުމާލަކުންވެސްނޫން ވޭތުވެދިޔަ ސަރުކާރުތަކަކީވެސް ގައުމުފަނާކޮއްލުމުގެ ޒިއްމާ އޮއި ބަޔެއް ވޭތުވެދިޔަ ސަރުކާރު ތަކުގެތެރެއިންވެސް ބޮޑައް ގައުމު ފަނާކޮއްލުމުގެ ނިޔަތުގައި ފާޅުކަންބޮޑުކޮއް އެމްޑީޕީން

0
0
ހާއުފާ3 މަސް ކުރިން

ތިޔަބުނާ ފަރުވާއަކީ ކޮބާ؟

0
0