Wednesday, 9 September 2026
Ads by

ގަފޫރުގެ ޗެއާޕާސަން ކަމުގަ އެމްޑީޕީ ބަދަލުވެގެން މިދަނީ ފިނޑި ފިނދަނަ ތަކަކަށް: ޝުޖާއު

ގަފޫރުގެ ޗެއާޕާސަން ކަމުގަ އެމްޑީޕީ ބަދަލުވެގެން މިދަނީ ފިނޑި ފިނދަނަ ތަކަކަށް: ޝުޖާއު


އިދިކޮޅު އެމްޑީޕީގެ އައު ޗެއާޕާސަން ގަފޫރު ހަވާލުވެ ވަޑައިގެންނެވި ފަހުން އެމްޑީޕީ މިހާރު ބަދަލުވެގެން މިދަނީ ފިނޑި ފިނދަނަ ތަކަކަށް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ޕީއެންސީގެ ބެނާތަކެއްގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވާ ޝުޖާއު ވަނީ އެމްޑީޕީގެ ކުލަ ފަނޑުވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީއަކީ ފިނޑި ފިނދަނަތަކެއް ގޮތުގައި ސިފަކޮށް ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ރަންރީނދޫކުލަ ގެއްލިއްޖެ ކަމަށާއި، ރައްޔިތުންގެ މަޤުބޫލުކަން އެޕާޓީއަށް ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ކެމްޕޭނު ފޯރި ކެނޑި މަޤުބޫލުކަން ގެއްލެންފެށި ހިސާބަކީ އެ ޕާޓީގެ މިހާރުގެ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މަޖްލިސް މެންބަރު އަބްދުލް ގަފޫރު މޫސާ އެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ހިސާބުންނެވެ.

”ބަދަލުވެގެން މިދަނީ ފިނޑި ފިނދަނަ ތަކަކަށް.އެއްކަލަ ރަންރީނދޫ ކުލަ ގެއްލިއްޖެ. ރައްޔިތުންގެ މަޤުބޫލުކަން ޕާޓީއަށް ކުޑަވެ،ޕާޓިގެ އަސްލު ސިފަ ގެއްލިއްޖެ. މިހާރު އެމްޑީޕީ މިފެންނަނީ ވަގު ހިޔަޅުތަކެއް އުޅޭގޮތަށް އުޅޭތަން. ޗެއަރ ޕާރސަނަކަށް ޢަބްދުލް ޤަފޫރު އައި ހިސާބުން އެމްޑީޕީ ގެ ކުލަ ފަނޑުވެއްޖެ. ރައްޔިތުންގެ ތާޢީދު ބޮޑުތަނުން ޕާޓީއަށް ގެއްލިއްޖެ“ ޝުޖާއު ވިދާޅުވިއެވެ.

މިއާއިއެކު ޝުޖާއު ވަނީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބާއިއެކު މަޖްލިސް އަދި ރިޔާސީ އިންތިޚާބު އެެއްދުވަހަކު ބޭއްވުމަށް ތާއީދު ކުރުމަށް ރައްޔިތުންގެ ކިބައިން އެދި ވަޑައިންނަވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި