Ads by
ޚަބަރު
އުރީދޫ ހަދިޔާ ފޮށިން ލިބުނު އިނާމުތަކެއް ހަވާލުކޮށްފި، އަދިވެސް ހަދިޔާ ހޯދުމުގެ ފުރުސަތު އެބައޮތް
އުރީދޫ ހަދިޔާ ފޮށިން އިނާމު ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ - ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަދިޔާ ފޮށިން ހަދިޔާ ލިބުނު ބައެއް ފަރާތްތަކަށް ހަދިޔާ ހަވާލުކޮށްފިއެވެ.

Ads by Eki Online

އުރީދޫން ބުނީ މިފަހަރު ހަވާލުކުރި އިނާމުތަކުގެ ތެރޭގައި އެއަރޕޮޑް، އެޕަލް ވޮޗް އަދި ޖޫސަރ ފަދަ އިނާމުތައް ހިމެނޭ ކަމަށެވެ.

ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުންދާއިރު، މި ރޯދަ މަހު ވެސް އެތައް ހަދިޔާތަކެއް އެ ކުންފުނީގެ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައި ވަނީ މީގެ ތެރެއިން އެންމެ ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯ ކަމަށެވެ. މި އިނާމާ އެކު ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރތަކުގެ އިތުރުން ޑޭޓާ ޕެކް، ގޭމިން ޕެކް އަދި އިތުރު ގިނަ އިނާމުތަކެއް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެންދާނެއެވެ.

ހަދިޔާ ފޮށީގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕްގެ ހޯމްޕޭޖުން ފެންނަ ހަދިޔާފޮށި ބެނާގައިވާ “ޕްލޭ” އަށް ފިތާލުމުންނެވެ. އެއަށްފަހު ސްކްރީނުން ފެންނަން އިންނަ ހަދިޔާ ފޮށްޓަށް ފިތަމުން ގެންދިއުމުން ފޮށި ހުޅުވި، ލިބުނު އިނާމު ފެންނާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭނެއެވެ. އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެންނަން ހުންނާނެއެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.

ހަދިޔާ ފޮށި ހުޅުވައިގެން ކޮންމެ ދުވަހަކު “ސްޓްރީކް” ހަދައި، “ކަރާ ޕޮއިންޓްސް” ކަލެކްޓް ކުރެވޭނެއެވެ. ކޮންމެ ދުވަހަކު ކުޅެގެން ސްޓްރީކް ހިފަހައްޓައި، ޕޮއިންޓް އިތުރުކޮށްގެން ލީޑަރބޯޑުގެ ކުރިއަށް އެރޭނެއެވެ. ކޮންމެ ހަފުތާއެއްގެ ލީޑަރބޯޑުގެ އެންމެ ކުރީގައިވާ ތިން ކަސްޓަމަރުންނަށް ލިބޭ “ވީކްލީ މެގަ ގިފްޓް” ލިބުމުގެ ފުރުސަތު އޭރަށް އޮންނާނެއެވެ.

ހަދިޔާފޮށިން ހަދިޔާއެއް ހޯދުމަށް އުރީދޫ ސުޕަރ އެޕަށް ލޮގިން ކޮށްލާށެވެ. ފަހަރުގައި މި އަހަރު އެޕަލް ޕްރޯގެ ނަސީބުވެރިޔަކީ ތިއީ ކަމުގައި ވެދާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *