Ads by
ޚަބަރު
ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފި
ގިރާވަރުފަޅު: ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ވަނީ ނިންމާފައި - ފޮޓޯ:ހައުސިން މިނިސްޓްރީ

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

Ads by Eki Online

ހައުސިން މިނިސްޓްރީން މިރޭ ނެރުނު އިއުލާނުގައި ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެ ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފުސީލު:

  • 1،250 އަކަފޫޓުގެ 193 ގޯތި
  • 1،650 އަކަފޫޓުގެ 663 ގޯތި
  • 2،050 އަކަފޫޓުގެ 487 ގޯތި
  • 2،450 އަކަފޫޓުގެ 4  ގޯތި

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ހަމަޖެހިފައިވާ މިންތަކުގެ ގޯތި ލިބިފައިވާ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ 23:00 ގެ ނިޔަލަށް ހިޔާވެހި ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން – ފޮޓޯ:ހައުސިން މިނިސްޓްރީ

ބަދަލުކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެ ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ފަހުން އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *