Saturday, 24 October 2026
Ads by

ޚާމަނާއީއަށްފަހު އީރާނުގެ ރޫޙާނީ ލީޑަރަކަށް ދަރިކަލުން މުޖްތަބާ ގެންނަނީ

ޚާމަނާއީއަށްފަހު އީރާނުގެ ރޫޙާނީ ލީޑަރަކަށް ދަރިކަލުން މުޖްތަބާ ގެންނަނީ

އާޔަތުﷲ ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ--- ފޮޓޯ: އީރާން އިންޓަރނޭޝަނަލް

އިޒުރޭލާއި އެމެރިކާ އިސްވެ ހުރެ އީރާނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރޫޙާނީ ލީޑަރު އާޔަތުުﷲ ޢަލީ ޚާމަނާއީ އަވަހާރަވުމާއި ގުޅިގެން ރޫޙާނީ ލީޑަރުކަމަށް އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އަޢްޔަންކުރަން ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އީރާނުގެ ނޫހެއް ކަމަށްވާ ”އީރާން އިންޓަނޭޝަނަލް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން މިހާރު ވަނީ މުޖްތަބާ ޚާމަނާއީ އީރާނުގެ އައު ރޫޙާނީ ލީޑަރުގެ ގޮތުގައި އިންތިޚާބުކޮށްފައެވެ. ޢުމުރުން 55 އަހަރުގެ މުޖުތަބާ ޚާމަނާއީ އަކީ އީރާނުގެ ވެރިކަމުގެ ނިޒާމުގައި އެންމެ ނުފޫޒު ގަދަ ބޭބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. މީގެ އިތުރުން އޭނާއަކީ ބައްޕާފުޅު ޚާމަނާއީ ފަދައިން ދީނީ ޢިލްމުގައިވެސް އަރާ ހުންނެވި ބޭފުޅެކެވެ.

މުޖްތަބާ ޚާމަނާއީ، އޭނާގެ ބައްޕާފުޅުގެ މަޤާމަށް އަޢްޔަންކުރަން ނިންމީ އެ ސަބަބަށްޓަކައި ކަމުގައިވުން އެކަށީގެންވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މުޖްތަބާ އެ މަޤާމަށް އަޢްޔަންކުރެވުނީ، އީރާނުގެ ސިޔާސީ އަދި އަސްކަރީ ކަންކަމުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެވިފައިވާތީއެވެ.

އީރާން އިންޓަނޭޝަނަލްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މުޖްތަބާ ޚާމަނާއީ އެ މަޤާމަށް އަޢްޔަންކުރަން ނިންމީ އިޒުރޭލާއި އެމެރިކާ އިސްވެ އީރާނަށް ދިން ހަމަލާތަކުގައި އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަވުމާއި ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަށް އަންނަ ޕްރެޝަރާ ހުރެއެވެ. ބެލެވޭ ގޮތުގައި އީރާނުން މިކަން އިޢުލާން ކުރާނީ ޚާމަނާއީގެ ޖަނާޒާއަށް ފަހުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި