Ads by
ޚަބަރު
އީދު ބަންދަށް ޑިމާންޑް ބޮޑުވެ މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް
މޯލްޑިވިއަންގެ ބޯޓުތަކެއް: އީދު ބަންދާ ދިމާކޮށް އެ އެއަރލައިނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައި - ފޮޓޯ:މޯލްޑިވިއަން

ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް އެތެރޭގެ އުދުހުމުގެ ބާރުބޮޑުވުމާ ގުޅިގެން ގައުމީ އެއަރލައިން، މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

Ads by Eki Online

މޯލްޑިވިއަނުން ފްލައިޓްތައް އިތުރުކޮށްފައި ވަނީ ކޫއްޑޫ އެއަރޕޯޓަށާއި ކައްދޫ އެއަރޕޯޓަށާއި ކާޑެއްދޫ އެއަރޕޯޓަށާއި އިފުރު އެއަރޕޯޓަށާއި ހަނިމާދޫ އެއަރޕޯޓަށާއި ކުޅުދުއްފުށި އެއަރޕޯޓަށާއި މާފަރު އެއަރޕޯޓަށާއި މަޑިވަރު އެއަރޕޯޓުގެ އިތުރުން ގަން އެއަރޕޯޓަށެވެ. މި އެއަރޕޯޓުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފައި ވަނީ މި މަހުގެ 9، 11، 12 އަދި 13 ވަނަ ދުވަހަށެވެ.

މި މަހުގެ 9 ވަނަ ދުވަހު އިތުރު ދަތުރުތައް ކުރާނީ:

 • މާލެއިން ހަނިމާދޫއަށް އަދި ހަނިމާދޫއިން މާލެއަށް
 • މާލެއިން އިފުރަށް އަދި އިފުރުން މާލެއަށް
 • މާލެއިން މާފަރަށް އަދި މާފަރުން މާލެއަށް
 • މާލެއިން ގަމަށް އަދި ގަމުން މާލެއަށް

މި މަހުގެ 11 ވަނަ ދުވަހު އިތުރު ދަތުރެއް ކުރާނީ:

 • މާލެއިން އިފުރަށް އަދި އިފުރުން މާލެއަށް

މި މަހުގެ 12 ވަނަ އިތުރު ދަތުރުތައް ކުރާނީ:

 • މާލެއިން ހަނިމާދޫއަށް އަދި ހަނިމާދޫން މާލެއަށް
 • މާލެއިން ކުޅުދުއްފުއްޓަށް އަދި ކުޅުދުއްފުށިން މާލެއަށް
 • މާލެއިން މާފަރަށް، މާފަރުން މަޑިވަރަށް އަދި މަޑިވަރުން މާލެއަށް

މި މަހުގެ 13 ވަނަ ދުވަހު ދަތުރުތައް އިތުރުކޮށްފައި ވަނީ:

 • މާލެއިން ކޫއްޑޫއަށް އަދި ކޫއްޑޫއިން މާލެއަށް
 • މާލެއިން ކައްދޫއަށް އަދި ކައްދޫއިން މާލެއަށް
 • މާލެއިން ކާޑެއްދޫއަށް އަދި ކާޑެއްދޫއިން މާލެއަށް

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮންމެ ބަންދަކާ ދިމާކޮށް ޑިމާންޑް އިތުރުވާ ސަރަހައްދުތަކަށް މޯލްޑިވިއަނުން އަބަދުވެސް ދަތުރުތައް އިތުރު ކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *