Ads by
ޚަބަރު
ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެެއްވުން މުލިއާގޭގައި
ރައީސް ހިޔާ ސަރަހައްދުގައި: ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެެއްވުން އޮންނާނީ މުލިއާގޭގައި - ފޮޓޯ:ޕީޕީއެމް

މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 10:30 އަށް ރައީސްގެ ރަސްމީ ގެ، މުލިއާގޭގައި ކަމަށެވެ.

އީދު ސަލާން ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

“އަދި އާއިލާތަކާ އެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވައެވެ،” ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލިއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލިއާގޭ ބޮޑު ދޮރޯށިން ކަމުގައެވެ. މުލިއާގެއަށް ވަޑައިގެންނެވޭނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *