Ads by
ޚަބަރު
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: ރަސްމީ ގެކޮޅު، ހިލާލީގެއަށް ވަނީ ބަަދަލުވެވަޑައިގެންފައި - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އެމަނިކުފާނަށް ހާއްސަ ރަސްމީ ގެކޮޅު، ހިލާލީގެއަށް ބަަދަލުވެވަޑައިގެންފިއެވެ.

Ads by Eki Online

މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަހެއްހާ ދުވަސް ފަހުން، ނައިބު ރައީސް އާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެއަށް ބަދަލުވެވަޑައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހިލާލީގެއަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ނައިބު ރައީސް އާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި ހުންނެވި ދުވަސްވަރު ވެސް އުޅުއްވި ގޭގައެވެ.

ނައިބު ރައީސް ވިދާޅުވެފައިވާ ގޮތުން ހިލާލީގެއަށް ބަދަލުވެވަޑައިގަތުން ލަސްވެފައި ވަނީ އެ ގެކޮޅު މަރާމާތު ކުރަން ޖެހުމާ ގުޅިގެން އެކަމަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމުންނެވެ.

މިދިޔަ ސަރުކާރުގެ ނައިބު ރައީސް ވެސް ދިރިއުޅުއްވާފައި ވަނީ ހިލާލީގޭގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *