Saturday, 24 October 2026
Ads by

ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ

ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ

ހިޔާ ފުލެޓުތައް---

ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ސަމާލުވާން އެދިއްޖެއެވެ.

Ad Image
Ads by

މިކަކާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތައް ލިބޭނެ ކަމަށް ބުނެ، އެކި ފަރާތްތަކުން ޢާންމުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތަކެއްގައި ވެސް ގޮއްޗާއި ފުލެޓް ދިނުމުގެ މަސައްކަތް ކުރިއަށްދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢާންމުކޮށްފައިވާ އުޞޫލުތަކާއި އިޖުރާއަތްތަކުގެ އިތުރުން މިނިސްޓްރީން އާންމުކުރަމުންދާ އިޢުލާންތަކުގައިވާ ގޮތުގެ މަތިން ކަމަށެވެ.

މިގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުޞޫލުތަކާ ނުވަތަ އެ މިނިސްޓްރީން ޢާންމުކޮށްފައިވާ އިޢުލާނަކާ ޚިލާފަށް، އެއްވެސް ފަރާތަކަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން ގޯއްޗާއި ފުލެޓް ލިބުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކި ފަރާތްތަކުން ހިންގާ މިފަދަ އޮޅުވާލުންތަކާއި ސްކޭމްތަކަށް ޢާންމު ރައްޔިތުން ސަމާލުވުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ސަރުކާރުން ހިންގާ ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓް ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި އެފަދަ މުޢާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން އެންގުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި