Saturday, 24 October 2026
Ads by

ހަނގުރާމައިގެ ސަބަބުން ނުފުރިފައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދީފި

ހަނގުރާމައިގެ ސަބަބުން ނުފުރިފައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތިބި ފަތުރުވެރިންތަކެއް---

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ނުފުރި ތާށިވެފައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު މޯލްޑިވްސް އިމިގްރޭޝަނުން އިތުރުކޮށްދީފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދަތުރުފަތުރުގެ ނިޒާމަށް މި ވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މެދު އިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރާ މެދުއިރުމަތީގެ އެއަރލައިންތަކުގެ ފްލައިޓްތައް ވަކިން ޚާއްޞަކޮށް ޤަަތަރު އެއަރވޭސް އަދި އެމިރޭޓްސް ފަދަ އެއަރލައިންތަކުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރުމުގައި ދިމާވެދާނެ ދަތިތައް ޙައްލުކޮށްދިނުމުުގެ ގޮތުން، ދެކުނު އިރުމަތީ އޭޝިއާ، ދެކުނު އޭޝިއާގެ އިތުރުން އިންޑިއާގެ އެއަރލައިންތަކުން ފަތުރުވެރިންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކާ މަޝްވަރާވެސް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި