Saturday, 11 April 2026
Ads by

އަބަދުވެސް ބަލަނީ ދިމާވާ މައްސަލަތައް ވީހާވެސް އަވަހަކަށް ޙައްލުކުރެވޭތޯ: ރައީސް

އަބަދުވެސް ބަލަނީ ދިމާވާ މައްސަލަތައް ވީހާވެސް އަވަހަކަށް ޙައްލުކުރެވޭތޯ: ރައީސް

ރައީސް ޑރ. މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަބަދުވެސް ބައްލަވަނީ ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކަށް ވީހާވެސް އަވަހަކަށް ޙައްލެއް ގެނެސްދެވޭތޯ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޑރ. މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިނަމާލެ އަދި މާލޭހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދެއްވުމަށް ނިންމެވި ނިންމެވުމާއި ގުޅިގެން ނޫސްވެރިއަކު އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައިވަނީ، ސިނަމާލެ އަދި މާލޭހިޔާ ފުލެޓްތަކުގެ ވެރިންނަށް ފައިސާގެ އެހީއެއް ދެއްވުމަށް ނިންމެވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ނޫންކަމަށެވެ. އެގޮތުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވުމަށް ޢިމާދުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި، އެ ފުލެޓްތަކުގެ ވެރިން، އެ ފުލެޓްތަކުގެ ޙާލަތު އެމަނިކުފާނަށް ކިޔައިދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ފައިސާގެ އެހީއެއް ދެއްވުމަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމަނިކުފާނު ވެލެއްވި ވަޢުދެއް ކަމަށެވެ.

”އެ ބައްދަލުވުމުގައި ރައްޔިތުން އެ ވާހަކަ ދެއްކެވީ، އެ ހިސާބަށްވެސް އަޅުގަނޑު މި ދެންނެވިހެން ރިޔާސީ އިންތިޚާބުން ފެށިގެން އަޅުގަނޑު ވެފަ އޮތް ވަޢުދެއް ފުއްދަން މަސައްކަތް ކުރަމުން މިއައީ، ކައުންސިލުގެ ތެރެއިން އެއްބާރުލުން ނުލިބޭތީ ލަސްވެފަ އޮތީ، އެ ބައްދަލުވުމުގައި އެ ވާހަކަ ނެންގެވީމާ އިތުރު މަސައްކަތްތަކެއް އިތުރު ގިޔަރަކަށް އެކަން އަޅުގަނޑުމެން ލީ، އިތުރު ހިތްވަރެއްލީ ކައުންސިލުން މިކަން ނުކުރިއަސް ސަރުކާރުން އެކަނިވިއަސް ޑައިރެކްޓްލީ އެހީތެރިކަމެއް ދީގެން ނަމަވެސް ކުރަން ބޭނުންވެއޭ އެބަ، އަޅުގަނޑު ބޭނުމެއް ނޫން މި ސަރުކާރަކުން ރައްޔިތުން ބިކަ ޙާލުގައި އުޅޭކަށް،“ – ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ސިނަމާލެ އަދި މާލެހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދެއްވަން ނިންމެވީ އެތަންތަން މަރާމާތުކުރުމަށް ކަމަށާއި އެއީ ރިޝްވަތު ދިނުންކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. ސިނަމާލެ އަދި މާލޭހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދިނުމަށް ކެބިނެޓުން ނިންމީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން 1990 ވަނަ އަހަރުން ފެށިގެން ސިނަމާލެ އަދި މާލޭހިޔާގެ ފުލެޓްތަކުގައި މީހުން ދިރިއުޅެން ފެށިފަހުން، އެ ޢިމާރަތްތައް މަރާމާތުކުރުމުގެ މާބޮޑެތި މަސައްކަތަތަކެއް ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން، ޢިމާރަތްތަކުގެ ޝީޓުތަައް ފަލައިގެން ގޮސް، ތަނބުތަކުގައި ރެނދުލައި އަދި ފާޚާނާތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި، ތަން ހުރީ މީހުންގެ ބޮލަށް ވެއްޓޭނެ ފަދަ ނުރައްކާތެރި ޙާލަތެއްގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސިނަމާލެ އަދި މާލޭހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދެއްވުމަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ވެލެއްވި ވަޢުދެކެވެ. އަދި މިކަން އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mdp lce26
އެމްޑީޕީ އުނބަށް ޖެހުން: ވަކިކުރި 2 މީހުންގެ މަޤާމު އިޔާދަކޮށް، ޣަފޫރަށް އިތުބާރު އޮތްކަމަށް ނިންމައިފި
drug sus
މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
suspct
މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
ec vote
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު!
Ads by
މަގުބޫލު
pnc
މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި
eki report muizzu
ޒާތީ ހަސަދައިގަ ފެތުރި ބުހުތާނަށް މިފަހަރުވެސް ރައީސް މުޢިއްޒު ދެއްކެވީ ރިވެތި އަޚުލާޤާއި ސުލޫކު!
aeko
އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް
reset yamyn
ޔާމީންގެ ތާއީދުގައި ނުކުތް އެންމެ ކެންޑިޑޭޓަކުވެސް ނުހޮވުނު !
pnc
މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި
eki report muizzu
ޒާތީ ހަސަދައިގަ ފެތުރި ބުހުތާނަށް މިފަހަރުވެސް ރައީސް މުޢިއްޒު ދެއްކެވީ ރިވެތި އަޚުލާޤާއި ސުލޫކު!
aeko
އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް
reset yamyn
ޔާމީންގެ ތާއީދުގައި ނުކުތް އެންމެ ކެންޑިޑޭޓަކުވެސް ނުހޮވުނު !