Sunday, 26 July 2026
Ads by

އިޒުރޭލުން ދަނީ ފަލަސްޠީނު ސުންނާފަތިކުރަމުން، އެއީ ޓެރަރިސްޓް ޤައުމެއް: ރައީސް

އިޒުރޭލުން ދަނީ ފަލަސްޠީނު ސުންނާފަތިކުރަމުން، އެއީ ޓެރަރިސްޓް ޤައުމެއް: ރައީސް

ރައީސް ޑރ. މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް 77 އަހަރަށްވުރެ ގިނަދުވަސް ވަންދެން ލާއިންސާނީ އެތަށް ޢަމަލުތަކެއް ހިންގަމުން އަންނަ ޔަހޫދީ އިޒުރޭލަކީ ޓެރަރިސްޓް ޤައުމެއް ކަމަށާއި، އިޒުރޭލުން ހުއްޓުމެއް ނެތި ގެންދަނީ ފަލަސްޠީނު ސުންނާފަތި ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޑރ. މުޢިއްޒު މި މޭރުމުން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމަތީގައި އިޒުރޭލާއި އެމެރިކާ ގުޅިގެން ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ނޫސްވެރިއަކު އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އިޒުރޭލަކީ ޓެރަރިސްޓް ޤައުމެއް ކަމަށާއި އެމެރިކާއިން ދެމުންދާ ހަމަލާތަކަކީވެސް ޓެރަރިސްޓް ހަމަލާތަކެއް ކަމަށެވެ.

މި ހަނގުރާމައިގައި އީރާނުން ދެމުން އަންނަ ހަމަލާތައްވެސް ކުށްވެރިކުރައްވާ ކަމަށާއި، ޖުމްލަކޮށް ހުރިހާ ފަރާތްތަކުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގެއްލުން ލިބިފައިވާ ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ގުޅުއްވައި، ރާއްޖެއިން އޮތީ އެ ޤައުމުތަކުގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަދު އެކަނިވެސް ހަތަރު ޤައުމެއްގެ ވެރިންނަށް ގުޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި ސަރުކާރުން މަސައްކަތް ކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާ އެކުގައި ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި