Ads by
ޚަބަރު
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
އުރީދޫގެ ސީއީއޯ ޚާލިދް އަލް ހަމާދީ އާއި ދެކުނު އޭޝިއާގެ މަނީގްރާމް ރީޖަނަލް ހެޑް ނަވީދު އަޝްރަފު - ފޮޓޯ:އުރީދޫ

އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

Ads by Eki Online

އުރީދޫން ބުނީ މިއީ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލް އާއެކު ހެދި ޕާޓްނަރޝިޕާ އެކު ފެށި ހިދުމަތެއް ކަމަށެވެ.

މަނީގްރާމް އިންޓަރނޭޝަނަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ.

މި ޕާޓްނަރޝިޕާ އެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވުމުގެ މަގު ވަނީ ފަހިވެފައި ކަމަށް އުރީދޫން ބުނެއެވެ. މި ހިދުމަތުގެ ދަށުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބޭންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖެންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ފޮނުވޭނެއެވެ. އުރީދޫން ބުނެފައި ވަނީ އޭޖެންޓު މެދުވެރިކޮށް ފައިސާ ނެގޭ އިންތިޒާމް ހަމަޖެއްސޭނީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ހިދުމަތަށް ރިއާޔަތްކޮށްފައި ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދް އަލް ހަމާދީ ވިދާޅުވި ގޮތުގައި އެމް-ފައިސާއަށް ތައާރަފުކުރި މި ހިދުމަތަކީ ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ވިޔަފާރިވެރިން އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ފައިސާގެ މުއާމަލާތްކުރުމުގައި ބޭނުންވާ ފަދަ އަވަސް، ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމުގައެވެ. މި ހިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެ ކަމަށާއި މި ހިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާ އެކު ކުރިއަށް ދިއުމަކީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އެންމެ ރަގަޅަށް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަނީގްރާމްއަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މަނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާ އެކު މާލީ ހިދުމަތްދިނުމުގެ މަސައްކަތުގައި ކުރިއަށްދަމުންނެވެ.

އުރީދޫ މޯލްޑިވްސްއަށް ލައިސަންސް ލިބުމާ އެކު، އިންޓަނޭޝަނަލް ޕާޓްނަރުންނާ އެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށް ވެސް، އެމް-ފައިސާގެ ހިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތާ އެކު ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށް އުރީދޫން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *