Wednesday, 9 September 2026
Ads by

ގުޅުން ކަނޑާލުމުން މޮރިޝަސްއަށް ރައީސް މުޢިއްޒުގެ ވަރުގަދަ ރައްދެއް

ގުޅުން ކަނޑާލުމުން މޮރިޝަސްއަށް ރައީސް މުޢިއްޒުގެ ވަރުގަދަ ރައްދެއް

ރައީސް މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޮރިޝަސްއިން ދިވެހިރާއްޖެއާ އެކުގައި އޮތް ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކުނުޖެހޭ ބޭކާރު ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިމޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވަނީ، މޮރިޝަސްއިން ރާއްޖެއާއިއެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް މޮރިޝަސްއަށް ޙައްޤުނޫން ތަނެއް މޮރިޝަސްއަށް ޙައްޤުނުވާނެ ކަމަށް ވިދާޅުވެ، އެޤައުމުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުން އެއްވެސް ޤައުމަކަށް ފޯޅަވަހި ހަވާލުކުރާ ކަމަށްވާނަމަ ހަވާލުކުރަންޖެހޭނީ އެތަނުގެ ޙައްޤުވެރި ފަރާތް ކަމަށްވާ ދިވެހިރާއްޖެއަށް ކަމަށެވެ. މި ޙަޤީޤަތް މޮރިޝަސްއަކަށްވެސް ބަދަލެއްނުކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ގުޅުން ކަނޑާލަން މޮރިޝަސްއިން ނިންމީ ރާއްޖެއާއެކު މަޝްވަރާކުރުމެއްވެސް ނެތިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން އެޤައުމުން ކަނޑާލި ނަމަވެސް ރާއްޖޭގެ ނިންމުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ރާއްޖެ ކުރިއަށްދާނީ ’މޯލްޑިވްސް ފަސްޓް‘ ސިޔާސަތުގެ ދަށުން ކަމަށެވެ.

މޮރިޝަސްއިން ރާއްޖެއާއިއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މޮރިޝަސްއިން ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ، ރާއްޖެއިން ފޯޅަވަހީގެ މިލްކުވެރިކަމާ މެދު ދަޢުވާކޮށް، އިނގިރޭސިވިލާތުން ފޯޅަވަހި ޖަޒީރާ މޮރިޝަސްއަށް ހަވާލުކުރަން ނިންމި ނިންމުމާ ދެކޮޅަށް ރާއްޖެއިން އަޑުއުފުލަމުން ގެންދާތީއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި