Ads by
ޚަބަރު
ބަންކަރިން ހިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ މެޕަށް ރާއްޖެ
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން ވިޓޯލް އާއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ:އެސްޓީއޯ

ދުނިޔޭގެ މަގުބޫލު ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސް މެޕުގައި ރާއްޖެ ހިމަނައިފިއެވެ.

Ads by Eki Online

ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަގުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތް ކުރާ ސަރަަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ.

ބަންކަރިިންގެ ހިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސް މެޕުގައި ރާއްޖެ ހިމެނިފައިވާކަން ހާމަކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަންގާރަ ދުވަހުގެ ރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލް އާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ބުނެފައި ވަނީ ވިޓޯލް އާއެކު ސޮއިކުރާ ޓާރމް ޝީޓަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ކަނޑައަޅައި، އެކަންކަން ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއިކުރެވޭ ޓާރމް ޝީޓްއެއް ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވެފައިވާ ގޮތުގައި، މި ފަދަ މަޝްރޫއެއް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާ އެކު ހިންގުމުގެ ފުރުސަތު ލިބުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމުގައެވެ.

މިދިޔަ ފެބްރުއަރީ މަހު ހއ. ހޯރަފުށީގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވެފައި ވަނީ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *