Sunday, 26 July 2026
Ads by

ސިނަމާލެ، މާލެހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާދެނީ އެތަން މަރާމާތުކުރަން: ރައީސް

ސިނަމާލެ، މާލެހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާދެނީ އެތަން މަރާމާތުކުރަން: ރައީސް

ރައީސްޑރ. މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސިނަމާލެ އަދި މާލެހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދެއްވަން ނިންމެވީ އެތަންތަން މަރާމާތުކުރުމަށް ކަމަށާއި އެއީ ރިޝްވަތު ދިނުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިމޭރުނުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެނޫސްވެރިޔާ ރައީސްގެ އަރިހުން ކުރި ސުވާލަކީ، އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ސިނަމާލެ އަދި މާލޭހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއްވުމަކީ ރިޝްވަތު ދިނުން ކަމަށް ޤަބޫލުކުރައްވަންތޯއެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސިނަމާލެ އަދި މާލޭހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއްވުމަކީ ރިޔާސީ އިންތިޚާބުގައި ވެލެއްވި ވަޢުދެއްކަމަށާއި، އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް އެކަން ހިމަނުއްވާފައިވާނެ ކަމަށެވެ. އެހެންކަމުން އެއީ ރިޝްވަތު ދިނުން ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިނަމާލެ އަދި މާލޭހިޔާގެ ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދިނުމަށް ކެބިނެޓުން ނިންމީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ތަންފީޒު ނުކުރެވި ދިގުލައިގެން ގޮސްފައިވަނީ މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ނުލިބި އޮތުމުން ކަމަށެވެ.

ރައީސް ވިދާޅުވީ 1990 ވަނަ އަހަރުން ފެށިގެން ސިނަމާލެ އަދި މާލޭހިޔާގެ ފުލެޓްތަކުގައި މީހުން ދިރިއުޅެން ފެށިފަހުން، އެޢިމާރަތްތައް މަރާމާތުކުރުމުގެ މާބޮޑެތި މަސައްކަތަތަކެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ. މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން، ޢިމާރަތްތައް ހުރީ ޝީޓުތަައް ފަލައިގެން ގޮސް، ތަނބުތަކުގައި ރެނދުލައި އަދި ފާޚާނާތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި، ތަން ހުރީ މީހުންގެ ބޮލަށް ވެއްޓޭނެ ފަދަ ނުރައްކާތެރި ޙާލަތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

”ސިނަމާލެ އަދި މާލޭހިޔާގެ ހަ ފުލެޓްގައި ދިރިއުޅޭ މީހުންނަށް މިކަން ދިމާވެގެން މިއުޅެނީ، ދެން އެމީހުންނަށް އެޙާލު ދިމާވީމާ އެމީހުންނަށް އަޅާނުލައި ބޭއްވުން އެއީ ކިހާބޮޑު އިޙުމާލެއްތޯ އަޅުގަނޑުގެ، އަޅުގަނޑު މަސައްކަތްކުރަނީ ޒިންމާދާރުކަމާއި އެކީގައި އަޅުގަނޑުގެ ޒިންމާ އަދާކުރަން، އެހެންވީމާ އަޅުގަނޑުގެ ޒިންމާ މި އަދާކުރަނީ، އަޅުގަނޑުގެ ވަޢުދު މި ފުއްދަނީ،“ ރައީސް ވިދާޅުވިއެވެ.

ސިނަމާލެ އަދި މާލޭހިޔާ ފުލެޓްތަކުގައި ދިރިއުޅޭ ޢާއިލާތަކަށް ގޮތެއް ފެންނަންދެން ވެސް ދިރިއުޅެން ހުރި ތަނަކީ އެއީ ކަމަށާއި، އެތަނުގައި ދިރިއުޅޭނަމަ ތަނުގެ މަރާމާތުގެ މަސައްކަތްތައްވެސް ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއިން ކޮންމެ ފުލެޓަކަށް ފައިސާގެ އެހީއެއް ދެއްވަން ނިންމެވީވެސް އެސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ސިނަމާލެ އަދި މާލޭހިޔާ ފުލެޓްތައް ތަޅާލައި އެސަރަޙައްދުގައި ޒަމާނީ ފެންވަރަށް އައު ޢިމާރަތްތަކެއް ތަރައްޤީކުރުމަށް ނިންމެވިއެވެ. ނަމަވެސް އެކި ސަބަބުތަކާއިހުރެ އެމަސައްކަތް ހުއްޓި ކުރިއަށްގެންދެވޭނެ ގޮތެއް ވަނީ ނުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި